Kashmir hamalaagai maruvi konme aailaa akah Amitabh faisaage ehee dheefi
image
އަމީތާބު ބައްޗަން--
0 ކޮމެންޓް
 

ކަޝްމީރު ހަމާލާގައި މަރުވި ކޮންމެ އާއިލާއަކަށް އަމީތާބު ފައިސާގެ އެހީދީފި

ކަޝްމީރުގެ އިންޑިއާ ފަޅީގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ހަމަލާގައި އިންޑިއާގެ 44 ސިފައިންގެ މީހަކު މަރުވެފައިވާތީ އެމީހުން ނިސްބަތްވާ އާއިލާތަކަށް ބޮލީވުޑުގެ ތަރި އަމީތާބު ބައްޗަން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އުމުރުން 76 އަހަރުގެ އަމީތާބު ވަނީ އެ ހަމަލާގައި މަރުވި 44 ސިފައިން ނިސްބަތްވާ ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސް ހަދިޔާކޮށްފައެވެ. އެގޮތުން އެހީގެ ގޮތުގައި ޖުމްލަ 2 ކްރޯޑު ރުޕީސް އަމީތާބު ހޭދަކުރިއިރު އޭނާގެ އިތުރުން ސަލްމާން ހާން ފަދަ ބޮލީވުޑުގެ ތަރިން ވެސް އެމީހުންގެ އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެކުރިން ވެސް އަމީތާބު ވަނީ ލޯނު ނަގަފައިވާ 1000 އެއްހާ ދަނޑުވެރިންގެ ލޯނުތައް ދައްކައިދީފައެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއް ލޯބި އަދި ގަދަރު ހޯދާފައިވާ އަމީތާބުގެ އެއަމަލަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ޝުކުރުކުރަމުންނެވެ.

ފަންސާހަށްވުރެ ގިނަ ބޮލީވުޑުގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އަމީތާބަށް ވަނީ ފިލްމީ ދާއިރާ އިން ވެސް ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން ނޭޝަނަލް ފިލްމް އެވޯޑްސް އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި ފިލްމްފެއާގެ ގިނަ އެވޯޑުތަކެއް އޭނާއަށް ލިބިފައިވެއެވެ.


ހިޔާލު