Suhana enme date kuran beynumee korea ge thari suho aa
image
ސުހާނާ ހާން އާއި ކޮރިއާގެ މަޝްހޫރު ތަރި، ކިމް ޖަން މިއޯން (ސޫހޯ)
2 ކޮމެންޓް
 

ސުހާނާ އެންމެ ޑޭޓު ކުރަން ބޭނުމީ ކޮރިއާގެ ތަރި ސޫހޯއާ

ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހްރުކް ހާނުގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ ހާނަކީ ވެސް ސޯޝަލް މީޑިއާގައި މަޝްހޫރު ފަރާތެކެވެ. ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން ސުހާނާ ފޮލޯކުރަމުން އަންނައިރު ދާދިފަހުން ސުހާނާ ވަނީ އިންސްޓަގްރާމުގައި ލައިވް ޗެޓް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. Dhiraagu
އެ ޗެޓް ސެޝަންގެ ތެރެއިން ސަޕޯޓަރަކު ވަނީ އުމުރުން އެންމެ 18 އަހަރުގެ ސުހާނާ އެންމެ ޑޭޓުކުރަން ބޭނުންވަނީ ކޮން އެކްޓަރަކަށްތޯ ސުވާލޮކޮށްފައެވެ. އަދި ޖަވާގުގައި ސުހާނާ ވަނީ ކޮރިއާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ކިމް ޖަން މިއޯން ނުވަތަ މަޝްހޫރު ނަމުންނަމަ ސޫހޯގެ ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ކަމަށް ބުނެފައެވެ.

އުމުރުން 27 އަހަރުގެ ސޫހޯއަކީ ލަވަކިޔުމުގެ އިތުރުން ލަވައިގެ ޅެން ލިޔުމާއި މޮޑެލް ކުރުމުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ފަންނާނެކެވެ. އަދި ސައުތު ކޮރިއާގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "އެކްސްއޯ" ގެ ލީޑު ލަވަކިޔުންތެރިޔާއަކީ ވެސް ސޫހޯއެވެ. އޭގެ އިތުރުން ޓީވީ ޝޯތަކުން ވެސް ފެނިފައިވާ ސޫހޯ ވަނީ 2016 އަހަރު ނެރުނު ފިލްމު "ވަން ވޭ ޓްރިޕް" އާއި 2017 ވަނަ އަހަރު ދައްކަން ފެށި ޓީވީ ޝޯ "ދަ ޔުނިވާސް ސްޓާ" ގެ އިތުރުން މިދިޔަ އަހަރު ދައްކަން ފެށި ޓީވީ ޝޯ "ރިޗް މެން" ގައި މަސައްކަތްކޮށްފައެވެ. ލަވަކިޔުމުގެ ދާއިރާއިން ގިނަ އެވޯޑުތަކެއް ވެސް ސޫހޯ ހޯދާފައިވެއެވެ.

ބޮލީވުޑަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ސުހާނާ ވަނީ މިދިޔަ އަހަރު ވޮގް މެގަޒިންއިން ފެނިގެންގޮސްފައެވެ. އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ސުހާނާއަށް ސަބަބަކާއި ނުލާ އެފަދަ ބޮޑު ފުރުސަތެއް ލިބިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ. އެކަމަކު، އެކަމަށް މާބޮޑު ސަމާލުކަމެއް އޭނާ ދީފައެއް ނުވެއެވެ.
ހިޔާލު

ޢެސް

ކޮބާތަ ޑޭޓް ކުރުމަކީ. ؟

ސޭކުސްތާން

ތިޔަތަނުން އަންހެނެއް ފިރިހެނެއް ވަކިވޭތަ؟