Palak aai Tapasvi ge honeymoon New Zealand gai
image
ތަޕަސްވީ އާއި ޕަލަކް---
0 ކޮމެންޓް
 

ޕަލަކް އާއި ތަޕަސްވީގެ ހަނީމޫން ނިއުޒިލެންޑުގައި

މަޝްހޫރު ޓީވީ އެކްޓަރެސް ޕަލަކް ޖެއިން އޭނާގެ ލޯބިވެރިޔާ އަދި ޓީވީ އެކްޓަރު ތަޕަސްވީ މެހްތާ ހަނީމޫނަށް ނިއު ޒިލެންޑަށް ގޮސްފިއެވެ. dhi2
މިމަހު 11 ވަނަ ދުވަހު ޕަލަކް އާއި ތަޕަސްވީ ކައިވެނިކޮށްފައިވާއިރު އެދެމީހުން ވަނީ ހަނީމޫނަށް ނިއު ޒިލެންޑަށް ގޮސްފައެވެ. ނިއު ޒިލެންޑުގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގައި ފޮޓޯތައް ޕަލަކް އާއި ތަޕަސްވީ އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

View this post on Instagram

Just living..... 😋 📸- @mtapas

A post shared by Palak Jain (@palakjain786) on


View this post on Instagram

New Zealand vibes with - @palakjain786

A post shared by Tapasvi Mehta (@mtapas) on



ޕަލަކް އެންމެ ފަހުން ފެނިގެންދިޔައީ "ލާޑޯ 2" އިންނެވެ. ޕަލަކް ވަނީ ކުރީގެ މަޝްހޫރު ޝޯ "ސުނޭނާ" އިން ލީޑު އެކްޓަރެސްގެ ރޯލުން ފެނިފައެވެ. ޕަލަކް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ބަރްސާތު" އާއި "ތެހްޒީބް" އާއި "ޕަހޭލީ" އަދި "ވާހް! ލައިފް ހޭ ތޮ އޭސާ" ހިމެނެވެ.

ތަޕަސްވީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ޕަރްވަރިޝް" އާއި "ޕަރްވަރިޝް: ކުޗް ކައްޓާ ކުޗް މީޓާ" އަދި "އިޝާން: ސަޕްނޯ ކޯ އަވާޒް ދޭ" ހިމެނެއެވެ. ތަޕަސްވީ ވަނީ ސާވްދާން އިންޑިއާގެ އެޕިސޯޑުތަކުން ވެސް ފެނިފައެވެ.
ހިޔާލު