Moonu nivaakohgen ais valhin birudhahkaa hulhumale' gai faisaa thakeh feyriganefi
image
ހުޅުމާލެ-- ފޮޓޯ: އޭއޯނިއުސް
1 ކޮމެންޓް
 

މޫނު ނިވާކޮށްގެން އައިސް ވަޅިން ބިރުދައްކާ ހުޅުމާލޭގައި ފައިސާތަކެއް ފޭރިގަނެފި

ހުޅުމާލޭގައި ހުންނަ ރޫޓު ފިހާރައިން ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ، މޫނު ނިވާކޮށްގެން ހުރި މީހަކު ފޭރިގަނެފިއެވެ.
ފުލުހުން ބުނީ، މިއަދު 10:21 ގައި ފައިސާ ފޭރިގަނެފައި ވަނީ ބޭންކަށް ޖަމާކުރުމަށް ފައިސާ ހިފައިގެން ވޭނަށް އަރަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހަކު ސައިކަލެއްގައި އައިސް، ވަޅިން ބިރުދެއްކުމަށް ފަހު ކަމަށެވެ.

ރޫޓު ފިހާރަ ކައިރީގައި އެހާދިސާ ހިނގިއިރު ތިން ލައްކައަށް ވުރެ ގިނަ ފައިސާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

ބޭންކަށް ޖަމާކުރަން ގެންދާ ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު ފުލުހުން ވަނީ ކުންފުނި ނުވަތަ ފިހާރަތަކުން ގިނަ އަދަދެއްގެ ފައިސާ އާއި ޗެކުތައް ބޭންކަށް ޖަމާކުރުމަށް ގެންދާނަމަ ފުލުހުންގެ އިންސްޓޯލޭޝަން ސެކިއުރިޓީ ގެ ހިދުމަތް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ ފުލުހުންގެ އިދާރާއަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.


ހިޔާލު

ހީވާމީހާ

ޖަމާކުރަންދިޔަ މީހާގެ އަތެއްވެދާނެބާ!!!!
މިއޮތީވާޒަމާނެއް