16 Meehun thibi dhoaniehgai alifaanuge haadhisaaeh, ekaku serious
image
އަލިފާނުގެ ހާދިސާ ހިނގި ދޯނި--ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

16 މީހުން ތިބި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ސީރިއަސް ހާލަތުގައި

ފ.ފިލިތެޔޮ ރިސޯޓް ކައިރިން 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްހިނގައި، އޭގެތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ބޯޓުގައި އެވަގުތު ދަތުރުކުރަމުން ދިޔަ 16 މީހުން އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. ދޯނީގައި ތިބި ހުރިހާ އެއްމެންނާއިއެކު ސީ އެމްބިއުލާންސް މިހާރު ދަތުރުކުރަމުން ދަނީ ދ.މީދޫއަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ފަތިހު 4:45 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ދަތުރު ކުރަމުންދިޔައީ މާލެއިން ފުރައިގެން ދ. ވާނީ އަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހާލު ސީރިޔަސް މީހާއަށް ފަރުވާ ދިނުމަށް ފ. ނިލަންދޫއަށް ގެންދެވިފައިވާ ކަމަށެވެ.

މީގެއިތުރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައެއް މިހާރު ވަނީ އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއަދުގެ ހެނދު 7:00 ގައި އެމްއެންޑީއެފުން ބުނީ އެ ދޯނީގެ އަލިފާގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ.
ހިޔާލު

ޏ އައިކު

ދޯނި، ބޯޓު، ލޯންޗު، ބޮއްކުރާފަހަރު ފަދަ ކަނޑު އުޅަނދު ދަސްކުރަން އެބަޖެހޭ ނޫސްވެރިން