Alifaanuge haadhisaagai haalu seriousvi meehaa maruvejje
image
އަލިފާނުގެ ހާދިސާ ހިނގި ދޯނި--ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މާލެ އިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރި ބޯޓުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެހާދިސާގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ 62 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ސީ އެމްބިއުލާންސްގައި އެ މީހާ ނިލަންދުއަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މީޑިއާއިން ބުނީ އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް ހާމަކުރަމުންދާނެ ކަމަށެވެ.

ފުލުހުން ބުނީ އެ ބޯޓުގައި އަލިފާން ރޯވުމާއެކު އެބޯޓުގައި ތިބި 16 މީހުން މޫދަށް ފުއްމާލި ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުން ދަތުރު ކުރަމުންދިޔަ 'ހުޅުދެލި' ނަމަކަށް ކިޔާ ދޯންޏަކަށް އެ މީހުން ނެގި ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ، އެއްވެސް މީހަކު ފިހިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބޯޓުގައި އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެއީ ފުވައްމުލަކަށް މުދާ އުފުލުމަށް ބޭނުންކުރާ ފުވައްމުލަކު ބޯޓެކެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ފަތިހު 4:45 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައެއް އަނދާ ހުލިވެ، މިހާރު ވަނީ އަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއަދުގެ ހެނދު 7:00 ގައި އެމްއެންޑީއެފުން ބުނީ އެ ދޯނީގެ އަލިފާގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ.
ހިޔާލު

ތެޔޮބާޖް

ޢަލިފާންރޯވުމުގެ ކުރިން އަރާނީ ދުން އޭގެ އިރުކޮޅެއަފަހު އަލިފާން ފެތުރިގެން ދާނީ ވީމަ ތިވަރު ބޯޓެއްގަ އަލިފާން ނިވާ ފުޅިއެއް ބޭނުން ކޮއްގެން ނިއްވާލެވޭނީ ކިހިނެއްތޯ އެލާމުސިސްޓަމެއް ހަރުކޮއްފަ ހުއްނަ ނަމަ އަލިފާން ފެތުރިގެން ދިއުމުގެ ކުރިން ނިއްވާލެވުމުގެ ފުރުސަތުބޮޑުވާނެ އަދިމީހުން ސަލާމައްވުމައް ފުރުސަތުވެސް ލިބޭނެ ދަންވަރު ނިދާފަ ތިއްބަސް އެލާމުއަޅާނަމަ ރާއްޖޭގެ ސޭފްޓީ ގަވާއިދުތައް ރަނގަޅު ނޫން ކަން ކޮއްމެ ދުވަހެއްގެ ނޫސްތައް ކިއާލީމަ އެގޭނެ ތަފާތު ހާދިސާތައްހިގަމުންދާކަން ކޮއްމެދުވަހަކުމެހެން.