Rasmee dhathurehgai Foreign Minister Shahid America ah
image
އެމެރިކާ އަށް ވަޑައިގެންނެވުމަށް މިނިސްޓަރު ޝާހިދު އެއާޕޯޓުގައި.-- ފޮޓޯ: ފޮރިން މިނިސްޓްރީ
1 ކޮމެންޓް
 

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާ އަށް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯގެ ދައުވަތަކަށް، ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ދެ ދުވަހުގެ ދަތުރުގެ ތެރެއިން ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓަރު ޝާހިދު ބައްދަލުކުރައްވާނެ އެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އާއު އެމެރިކާ އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް އެ ގައުމުގެ އިސް އޮފިޝަލުންނާ އެކު ޝާހިދު މަޝްވަރާ ކުރައްވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ ދަތުރަށް ފަހު ޝާހިދު މި މަހުގެ 25-27 އަށް ޖެނީވާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އ.ދ. އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވުމަށް މިނިސްޓަރު ކުރައްވާ ދަތުރެއް ކަމަށާއި، އެ ދަތުރަށް ފަހު ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް، ޝާހިދު އަބޫދާބީ އަށް ވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނސްޓަރު ޝާހިދުގެ އަރިހުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އާއި ހާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ހިޔާލު

Yoosuf

މިކަލޭގެ މިނިސްޓަރގެ މަގާމު ލިބުނީމަ ދިވެހި ރަތްޔަތުންގެ ލާރިން ބުރުޖެހުން ނޫން އެހެން ކަމެެއްނެެެއް.