Geakun ''vehtunu'' kunikothalhakun jehi meehakah aniyaavehje
image
ހ. ބްލޫ ހައުސްގެ ހަ ވަނަ ބުރިން ވެއްޓުނު ކުނި ކޮތަޅު.-- ފޮޓޯ: ސަން/މުހައްމަދު މުޒައްޔިން ނާޒިމް
0 ކޮމެންޓް
 

ގެއަކުން "ވެއްޓުނު" ކުނިކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ވަލެއް އައްސައިގެން ކުނިކޮތަޅެއް ތިރިކުރުމުގެ ތެރޭގައި އެ ކޮތަޅު ފަޅައިގެން ގޮސް، އޭގައި ހުރި ކުނިތަކުން އެ ސަރަހައްދުން ދިޔަ މީހެއްގެ ބޮލުގައި ޖެހުމުން އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ. dhi2
ފުލުހުން ބުނީ ރޯޝަނީ މަގު، ކިލޯގްރާމް ކައިރީގައި ހުންނަ ހ. ބްލޫ ހައުސްގެ ހަ ވަނަ ބުރިން، ބަލެއް އައްސައިގެން ކުނި ކޮތަޅެއް ތިރިކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި ކުނިތަކުން ޖެހުނީ 35 އަހަރުގެ އަންހެނެއްގެ ބޮލުގައި ކަމަށެވެ.

ބޭރުފުށުން އަނިޔާ އެއް ފެންނަން ނެތް ކަމަށާއި، އެ ކުނި ކޮތަޅުގައި ހުރީ "ބަދިގޭ ކުނި" ކަމަށް ފުލުހުން ބުނެ އެވެ. އެ ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ފޮތުގައި އެ ހާދިސާ ހިނގީ، ބޮޑު ކަޅު ކޮތަޅަކަށް ގިނަ އަދަދެއްގެ ކުނި އެޅުމަށް ފަހު ތިރިކުރަން އުޅުމުގެ ތެރޭގައި އެ ކަޅު ކޮތަޅު ފަޅައި ދިއުމުންނެވެ.

އެ ސަރަހައްދުގައި ތިބި މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ކުނިތަކުން ޖެހުނު އަންހެން މީހާ އޭޑީކޭ އަށް ގެންގޮސްގެން ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

މިރޭ ކުނިކޮތަޅަކުން މީހެއްގެ ބޮލުގައި ޖެހުނު އިރު، ރޭ ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ގަލަކުން ބޮލުގައި ޖެހުމުން ބަންގްލަދޭޝް މީހަކު ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ރޭ މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން ކަޓިންބޯޑެއް ވެއްޓި، މީހެއްގެ ބޮލުގައި ޖެހުމުން އޭނާގެ ބޯ ފަޅައިގެން ދިއުމުން ވަނީ ފަރުވާ ދީފަ އެވެ.
މާލެ ޕޮލިސް
ހިޔާލު