Viheumun 6 mas dhuvahuge chuttee eh FENAKA in dheyn ninmaifi
image
ވިހެއުމުން ފެނަކައިން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައި--
0 ކޮމެންޓް
 

ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ފެނަކައިން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދު ވެފައިވާ، ވިހެއުމުން ދެވޭ ހަ މަސްދުވަހުގެ ޗުއްޓީ، ކޮންމެ އަންހެން މުވައްޒަފަކަށް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކައިން މިއަދު ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، ވިހެއުމުން ކޮންމެ މަޔަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމުގެ ވައުދު އެ ކުންފުނިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ވިހެއުމާއި ގުޅިގެން ލިބިދެވޭ ޗުއްޓީ، ކޮންމެ މަޔަކަށް ހަ މަސް ދުވަސް އަދި ކޮންމެ ބައްޕައަކަށް 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވައުދު ވެފަ އެވެ. އެގޮތުން ފެނަކަ ކުންފުނީގެ މެނޭޖްމެންޓުން ވަނީ އެގޮތަށް އަމަލު ކުރުމަށް ނިންމާފަ އެވެ.


ފެނަކައިން އެގޮތަށް އަމަލު ކުރަން ނިންމާފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިންވެސް މީގެކުރިން ވަނީ ވިހެއުމުން މައި މީހާއަށް ދެވޭ ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ސަރުކާރާއެކު ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު