Raees Yameen IGMH ah genesfi
image
ރައީސް ޔާމީން ޖަލަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
3 ކޮމެންޓް
 

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައިޖީއެމްއެޗަށް ގެނެސްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ސީއެންއެމަށް ވިދާޅުވީ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނެވީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ވެސް އެންގެވުމަކާއި ނުލާ ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޫޓިން ޗެކެއް ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ.


ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނަވާފައިވާތީ އެކަމުގެ ތަފްސީލް ހޯދުމަށް ކަރެކްޝަންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ ކަރެކްޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ މިދިއަ ހޯމަ ދުވަހު އެވެ.

މިދިއަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި މަނީ ލޯންޑަރިން މައްސަލާގައި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކުރުމާ ގުޅިގެން އެ މަނިކުފާނު ބަހައްޓާފައި ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިއަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ބަހައްޓާފައި ހުންނެވި ގޮޅި އެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެމަނިކުފަނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯދާ، މަނީ ލޯންޑާ ކުރެއްވި ކަމަސް ބުނެ ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ނެވެ.
ހިޔާލު

ބަލިމަޑުކަން

މީ އަޖައިބެއް ގޮޅިއަށް ލާއިރަށް އެމީހަކަށް ބަލިމަޑުކަނެއް ޖެހޭ އަދި ޙުކުމެއް ކުރާއިރަށް ފަނޑިޔާރު ގޯސްވޭ

ތިމަންނަ

ޖަލަށް ގެންދާ "ބޮޑުން" ، ޖަލަށް ގެންދިއުމުގެ ކުރީގައި ހޮސްޕިޓަލުގައި 2 ދުވަހު އެޑްމިޓްކުރަން ފެނޭ...

ވާރު

ކާމިނީގޭ ބޭފުޅުން ކުރައްވާނީ އެއްކަމެއް. އަދި ދާނީ ވެސް އެއްތާކަށް. ވަންނާނީ ވެސް އެއް ގޮޅިއަކަށް. ވާރުތަވާ ކަމަކީތެ؟