Mausoomah ithubaaru ebaoi, eynaa akee nazaahaitheri eh: Raees Nasheed
image
ރައީސް ނަޝީދު އަދި މައުސޫމް.
3 ކޮމެންޓް
 

މައުސޫމަށް އިތުބާރު އެބައޮތް، އޭނާ އަކީ ނަޒާހަތްތެރި އެއް: ރައީސް ނަޝީދު

އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ފައިސާ، ފެންކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް ލިބިފައިވާތީ އެކަން ބަލާ ނިމެންދެން ގޭގައި މަޑުކުރަން އެންގުމާ އެކު، ރައީސް މުހައްމަދު ނަޝީދު އޭނާ ދިފާއު ކުރައްވައިފި އެވެ.
ރައީސް ނަޝީދުގެ ޗީފް އޮފް ސްޓާފުގެ މަގާމު އަދާކުރެއްވި މައުސޫމް ދިފާއުކޮށް، ރައީސް ނަޝީދު ޓްވިޓާގައި ވިދާޅުވީ އޭނާގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މައުސޫމަކީ އެމަނިކުފާނަށް ފެނުނު ތަކުގައި ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭސީސީ ރިޕޯޓުގައި ބުނެފައިވަނީ މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެމްއެމްޕީއާރުސީ ފައިސާ ލޯންޑާ ކުރަން ބޭނުންކުރި އެސްއޯއެފްގެ އެކައުންޓުން 6.1 މިލިއަން ޑޮލަރު (93.5 މިލިއަން ރުފިޔާ) ވަދެފައިވާ ކަމަށެވެ. އަދި އެ އޭގެ ބަދަލުގައި އެ ދެ ކުންފުނިން ވެސް އެސްއޯއެފަށް އެއްވެސް ފައިސާ އެއް ދީފައިވާ ކަން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.


މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކީ އެމްސީ މޯލްޑިވްސް އާއި ރޫޓާއި، އަލްފްރެސްކޯ ކެފޭ ހިންގާ ސީޖީޓީ ކުންފުންޏެވެ. ރައީސް ނަޝީދު އޭނާ ދިފާއުކޮށް ވިދާޅުވީ، އޭސީސީ ރިޕޯޓުގައިވާ އެމްސީ މޯލްޑިވްސް އިން މައުސޫމް ވަކިވިތާ 20 އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް ސީޖީޓީ އާ ގުޅޭގޮތުން އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އޭސީސީގެ ރިޕޯޓާއި ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ހިޔާލު

ލީމަން ޒާހިރު

ނަޝީދު އަށް ނަޒާހާތްތެރި ވީއިރު، އެބުނާ ބޭފުޅާގެ އެކައުންޓާއި، ސީޖީޓީ އަށް އެކު ޖުމުލަ 5.7 މިލިޔަން ޑޮލަރު (88 މިލިޔަން ރުިފޔާ ވަދެފައިވޭ..) މިއީ އަދި ކޭޝްކޮށް ދެއްވި ބައި ނުހިމަނާ..

ނަޝީދަށް ކިހާވަރެއް ދީގެން ތޯ އޭނާ ނަޒާހާތްތެރިވީ..އަހަރުމެން ނުބަލަން އޭނާގެ ފަށްފުށް.. ދައުލަތުގެ ފައިސާކަން ކަށަވަރުވާ ފައިސާވަނީ އޭނާގެ މިލްކިއްޔާތައްވަދެފަ.. އެފައިސާ އަތުލާ!
ނޫނީ މުދާ ވިއްކާފަ އެވަރަށް ފައިސާނަގާ..!

މީ އަހަރުމެން ދިވެހީންބޭނުންވާ ގޮތަކީ..!

ގިނިކަނދު

ނަޒާހަތްތެރި ކިހަ ރީތި ބަހެއްތޯ؟ އަންނިއަކވެސް ބޮޑު މުޖުރިމެއެް އެހެންވީމަ މުޖުރިމުންނަށް އިތުބާރު ކުރާނީ މުސްކުޅި ހަރު ބަހެއްގަ އޮވޭ ލަނޑަޔާ ވާނީ ލަނޑަޔާއޭ އެހެންވީމާ މިފެންނަނީ ހަމަ އެ މަންޒަރު ބޮޑ މަންޒރު ފެންނަމުންދާވަރަކަށް މި އެނގެނީ ދައުލަތުގެ ފައިސާ ބޭނުންކުރީ ސިޔާސީ އިސް ފަރާތްތައްކަން ކެޔޮކޭވަރު އެނގޭނީ ބިތު ފަންގިނެެެެެގީމައޭ ބުނެ އުޅޭ އަޑުއިވޭ ކޮނުނުވަރަކަށް ފަސް ގިނަވާނޭ ބުނެ އުޅޭ އެހެންވީމާ ހިޔަނާޓުގެ ހަޤިޤަޔް ހަމަޔަށް ފަޅާއަރާއިރު އެމްޑީޕީ ގެ އިސް މީހުން ބޮޑުބައި ބޭނުންކޮށްފަ ހުންނާނީ މިހާރުވެސް އެފެންނަނީ އެމަންޒަރުގެ ބައެއް

ދޮހުއްތު

ޥެރިޔާ މަވެސްތިކަމާ އެއްބަސް