Raees Yameen IGMH gai admit kohfi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ވެރިކަމުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތަކާއި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ.-- ފޮޓޯ: އަހުމަދު ޝުރާއު/ އަވަސް
3 ކޮމެންޓް
 

ރައީސް ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފި

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅިގެން، މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިރޭ އެޑްމިޓް ކޮށްފި އެވެ.
އައިޖީއެމްއެޗާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ، ރައީސް ޔާމީން އެޑްމިޓް ކޮށްފައިވަނީ 24 ގަޑިއިރަށް ކަމަށެވެ. ނަމަވެސް އެޑްމިޓް ކުރީ ކީއްވެގެން ކަމެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ޓްވިޓާގައި ވިދާޅުވީ ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައީ ރޫޓިން ޗެކަޕެއް ހަދަން ކަމަށް ކަރެކްޝަންސް އިން ބުނާ ކަމަށެވެ.

އައިޖީއެމްއެޗުގައި ރައީސް ޔާމީން އެޑްމިޓް ކުރި އިރު، ހޮސްޕިޓަލް ތެރޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާފަ އެވެ. އެގޮތުން ފުލުހުން ހޮސްޕިޓަލު ތެރޭގައި، ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެއެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނަވާފައިވާތީ އެކަމުގެ ތަފްސީލް ހޯދުމަށް ކަރެކްޝަންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ ކަރެކްޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިދިއަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި މަނީ ލޯންޑަރިން މައްސަލާގައި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކުރުމާ ގުޅިގެން އެ މަނިކުފާނު ބަހައްޓާފައި ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިއަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ބަހައްޓާފައި ހުންނެވި ގޮޅި އެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެމަނިކުފަނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯދާ، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ނެވެ.
ހިޔާލު

ޢަދީބް

މަގުމަތީގައި ވަރަށް ބާރަށް ހަޅޭލަވާނެ ގޮޅިއަށް ލައިފިނަމަ ބަލިވާނެ ފަނޑިޔާރު ގޯސްވާނެ؟ އެކަމަކު ވައްކަން ކޮށް ފަނޑިޔާރުން ހައްޔަރު ކުރާއިރު ހިތަށް އެއްވެސް އެއްޗެއް ނާރާކަން ދެރައީ

އަދުރޭ

އައްދިޔޯ... ލޮނުމިރުހޯހޯހޯ.....

ކުޑޭ

ޔާމީނަށް އަވަސްޝިފާއަކަށް އެދެން