Haalathaa nubahdhalu baaru fuluhun beynunkureythoa balanee
image
އެކްޓިން ކޮމިޝަނާ ހަމީދު.-- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރޭތޯ ބަލަނީ

ފުލުހުން ބާރު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރަނީ އެ ހާލަތަކާ އެކަށީގެންވާ ވަރުގެ ބާރެއްތޯ ބަލަމުން ގެންދާނެ ކަމަށް އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. dhi2
ހަމީދު ޓްވިޓާގައި ވިދާޅުވީ ފުލުހަކު ބާރުގެ ބޭނުން ކޮށްފި ކޮންމެ ހާލަތެއްގައި އެކަން ކުރީ އެންމެ އެކަށީގެންވާ ގޮތެއްގައިތޯ ބެލޭނެ އުސޫލުތަކެއް ފުލުހުންގެ ތެރޭގައި ގާއިމް ކުރާނެ ކަމަށެވެ.

"ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރާ މައްސަލަ އަކީ އެތައް އަހަރެއް ކުރިން ފެށިގެން އާންމުން ބުނަމުން އަންނަ ވާހަކައެއް. އަޅުގަނޑުމެން މި ކަންކަން ހައްލު ކުރަން އެކަށީގެންވާ ފިޔަވަޅުތައް އަޅާނަން،" ހަމީދު ވިދާޅުވި އެވެ.


ހަމީދު އެެހެން ވިދާޅުވި އިރު، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ރައީސް ޔާމީން މިއަދު އައިޖީއެމްއެޗަށް ގެނައުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލަށް އެއްވެ ފުލުހުންނާ ޒުވާބުކޮށް އަޑުގަދަކުރަން ފެށުމުން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި އެއާ އެކު ބައެއް މީހުން އަންނަނީ ފުލުހުންނަށް ފަޑުކިޔަމުންނެވެ.

ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައުމަށް ފަހު، މިހާރު ވަނީ އެޑްމިޓް ކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން އެޑްމިޓް ކުރެއްވީ ކީއްވެގެން ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.
ޕޮލިސް ސީޕީ
ހިޔާލު