Masdhoani account aai Masveriyaa card thaaraf kohfi
image
މަސްދޯނި އެކައުންޓާއި މަސްވެރިޔާ ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މަސްދޯނި އެކައުންޓާއި މަސްވެރިޔާ ކާޑު ތައާރަފް ކޮށްފި

މަސްވެރިން ވިއްކާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ލިބޭގޮތް ހެދުމަށް ފިޝަރީޒް މިނިސްޓްރީ އާއި ބީއެމްއެމް ގުޅިގެން "މަސްދޯނި އެކައުންޓް" އަދި "މަސްވެރިޔާ ކާޑު" މިރޭ ތައާރަފް ކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެ ހިދުމަތްތައް ތައާރަފް ކުރީ ގއ. ކޫއްޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މަސްދޯނި އެކައުންޓާއި އެކު ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭނެ ކަމަށެވެ. އަދި މަސް ކިރުވާ ކުންފުނިތަކަށް މަސްވެރިންނަށް ފައިސާ ދެއްކުމަށް ވެސް އާ ހިދުމަތުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބީއެމްއެލް މޯބައިލްޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވަގުތުން ބަހާލެވޭނެ. ނަގުދު ފައިސާ ވެސް ވަގުތުން ބަހާލެވޭ ގޮތަށް ކަނޑުމަތީގައި ތިބެގެން އެބޭފުޅެއްގެ ފައިސާ ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މަސްވެރިޔާ ކާޑަކީ، މަސްދޯނި އެކައުންޓްގެ ހިދުމަތް ހޯދާ މަސްވެރިންނަށް ލިބޭ މާސްޓާ ކާޑެކެވެ. ޝަރީފް ވިދާޅުވީ އެއީ މާސްޓާ ކާޑެއް ކަމުން، ފަސޭހަކަމާ އެކު ރާއްޖޭން ބޭރުގައި ވެސް މަސްވެރިޔާ ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.

ބީއެމްއެލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އެ ކާޑު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މާދަމާ އިން ފެށިގެން މަސްވެރިންނަށް އެ ހިދުމަތް ދޫކުރަން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހިޔާލު