Nihan police vehicle akah huras alhaa vedio eh aanmuvehje
image
ނިހާން ޕޮލިސް ވެހިކަލްގެ ފުރޮޅު ދަށަށް ލައްވަން ގަލެއް ނަގައިގެން ދަނީ.-- ފޮޓޯ: ރާއްޖެ ޓީވީ
8 ކޮމެންޓް
 

ނިހާން ޕޮލިސް ވެހިކަލަކަށް ހުރަސް އަޅާ ވީޑިއޯ އެއް އާންމުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާލޭގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު، ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމާލުމަށް ފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ދިމާލަށް ދަމުން ނިހާން، އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ގަލެއް ލައްވާ މަންޒަރެވެ. އަދި ފުރޮޅު ދަށަށް އޭތި ލެއްވުމަށް ފަހު ނިހާން ވަރަށް ބާރަށް ކުރީ ސަފަށް ގޮސް އެންމެން އައުމަށް އަތުން އިޝާރާތް ކުރާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.


ރައީސް ޔާމީނުގެ ސަރުކާރުގައި މުޒާހަރާތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި އޮތުމަށް ފަހު، އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާ ކުރި އިރު، މިރޭ އާންމުވި ވީޑިއޯ އިން ފެންނަ ގޮތުން ޕޮލިސް ވެހިކަލްގެ ފުރޮޅު ދަށަށް ނިހާން ލައްވަނީ މަގުގެ އެއް ފަރާތަކުން ނަގާ ބޮޑު ގަލެކެވެ. ބެލެވޭގޮތުގައި އެއީ މާލޭ މަގުތަކުގައި އަތުރާފައި ހުންނަ ކަހަލަ ގަލެކެވެ.

އެ ވީޑިއޯ އާންމުވިތާ ކުޑަ އިރުކޮޅެއް ފަހުން ނިހާން ޓްވިޓާގައި ވިދާޅުވީ، ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.


ރައީސް ޔާމީނުގެ ސަރުކާރުގައި އިދިކޮޅުން އޭރު ބާއްވާ މުޒާހަރާތައް ފުލުހުން ބާރުގެ ބޭނުންކޮށްގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ރޫޅާލަ އެވެ. އަދި ފުލުހުން ވަރަށް ބޮޑަށް އޭރު ހަރުކަށި ނަމަވެސް، މިރޭގެ މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާފައި ނުވާ ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުނެ އެވެ.
ހިޔާލު

ހަސަނު،

އެތަނަށް މުޒާހަރާ ކުރަން ދަނީ އެމްއެމްޕީއާރުސީގެ ފައިސާގަ ޖެހުނު މީހުންތަ؟

އަހުމަދުލް

އިގޭތަ ތި މުޒާހަރާ ތަކުގަ ހިގާ ކަންކަން ވީޑިއޯ ކޮށް މޮނިޓާ ކުރުމަށް ފުލުހުންގެ އިންޓެލް އުޅޭކަން؟

މުހަންމަދު ކަލޯ

ޚިޔާނާތުގެ ފައިސާ ހޯދަން ފުލުހުން ކުރާ ތަހްގީގަށް ހުރަސް އެޅުމުގެ ދައުވާއެއް ކުރެވިދާނެތަ؟ ވައްކަން ފޮރުވާ ރައްޔިތުން މަގުމައްޗަށް ނެރުވާފަ ދައްކާ ވާހަކަ. ސަލާމަތީ ބާރު ތަކުން ކުރާ ކަމެއް ހުއްޓުވަން އަމިއްލަ ހައިސިއްޔަތުން ހުރަސް އެޅި ކަމަށް ބެލެވިދާނެ.

މާވަޑި ފަލާހް

މީނަގެ މައަސަލަތައް ބަލަންމާލަސްވެއްޖެ، ބޮޑެތި މަޤާމް ތަކުގައިތިބޭ މީހުން ރައްޔިތުންނަށް ދައްކަނީ ގޯސް މިސާލް. މީނަ އަކީ ކުރިންވެސް ބެރިކޭޓްމަތިން ފުންމިއިރުވެސް އެއްވެސްކަމެއްނުކޮށް މިނިވަންކަމާއެކު ހުރިމީހެއްް، ނިކަމެތިމީހާ ބެރިކޭޓްގައި އަތްއަޅާލިޔަސް 15ދުވަސް ޖަލުގައި ބާއްވާ، މީނަގެ މައްސަލަ އަވަސްކުރޭ

ޚނނވ

ތިސޮރުނުކުރާނެރަނގަޅުއެއްކަމެއްވެސް ދެންބުނާނީކީކޭބާ ހަމަ އެމްޑީޕީމީހުނޭދޯ ރައްޔިތުންނައްފެނުނަސް ޗެނަލްތޭރަޔަކައްނުފެންނާނެ

ފާތުމަތު

ނިހާނު ހައްޔަރު ކުރަންފެނޭ

އަހުމަދު

ކޮބާ މިމީހުންމުޒާހަރާކުރަންފެށީމަ ޢާއްމުންނަށް އުދަލުލެއްނުވޭބާ ... އަދި މިމުޒާހަރާކުރަނީވެސް ދިވެހި ރައްޔިތުންގެ ބައިތުލްމާލު ކައިހުސްކޮށްގެންތިބެ.... ވ ފައްކާ.

ހެހެހެ

މި ފަހަރު ތި އޮތީ ގޯސް ހެދިފަ! ކުށްވެރިވެފަ!
ސްޕަގްލޫ ލާފަ ފުރޮޅޫ ތައްކުރިނަމަ ތިވާހަކަ މާ ގަބޫލުކުރެވުނީސް!