Majlis inthihaabugai vaadha kuranee 403 candidate in
image
އީސީ: މިއަދު 4:00 ގައި ފޯމް ހުށަހެޅުމުގެ މުއްދަތު ވަނީ ބަންދުވެފައި.-- ފޮޓޯ: ރާއްޖެ.އެމްވީ
1 ކޮމެންޓް
 

މަޖިލީހުގެ 87 ދާއިރާ އަށް، 403 ކެންޑިޑޭޓުން

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅުމު ފުރުސަތު ބަންދުވީ އިރު، 403 ކެންޑިޑޭޓެއްގެ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ހަވީރު ހަވީރު 4:00 ގައި މަޖިލީސް އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅުމުގެ ސުންގަނޑި ވަނީ ހަމަވެފަ އެވެ. އީސީން ބުނީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާ 87 ދާއިރާ އަށް މެމްބަރުން ވާދަކުރި ގޮތުގެ ތަފްސީލް ހޮނިހިރު ދުވަހު ހާމަކުރާނެ ކަމަށެވެ.

އެމްޑީޕީން ވަނީ ނިލަންދޫ ދާއިރާ ނޫން އެހެން ހުރިހާ ދާއިރާ އަކަށް ކެންޑިޑޭޓުން ނެރެފަ އެވެ. އެގޮތުން އެމްޑީޕީގެ 86 ކެންޑިޑޭޓުންގެ ފޯމް އީސީން ބަލައިގެން އެކަން ވަނީ އެ ޕާޓީ އަށް އަންގާފަ އެވެ. އޭގެ އިތުރުން އަދާލަތު ޕާޓީން ވާދަކުރަން ނިންމާފައިވާ ހަތް ދާއިރާ އަށް އެ ޕާޓީގެ ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅާފަ އެވެ.

ޕީޕީއެމް އާއި ޕީއެންސީ އަދި ޑީއާރުޕީން ގުޅިގެން 60 ދާއިރާ އަކަށް ކެންޑިޑޭޓުން ނެރުމަށް ޓިކެޓް ހަވާލުކުރި އެވެ. އަދި ޖުމްހޫރީ ޕާޓީން އެ ޕާޓީތަކާ ގުޅިގެން އާންމު އިންތިހާބުގައި ކުރިއަށް ދާން ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރު އިރު އެ ޕާޓީން 44 ދާއިރާ އަކަށް ކެންޑިޑޭޓުން ނެރުމަށް ކުރިން އޮތީ ނިންމާފަ އެވެ.

ޖޭޕީ އާ ގުޅިގެން ކުރިއަށް ދާން ނިންމުމުން ޕީޕީއެމް އާއި ޕީއެންސީން ޓިކެޓް ދިން ބައެއް މީހުންގެ ޓިކެޓް ވަނީ ބާތިލް ވެސް ކޮށްފަ އެވެ. އެހެންކަމުން އެ ޕާޓީތަކުން ހުށަހެޅީ ކިތައް ކެންޑިޑޭޓުންގެ ފޯމް ކަމެއް ސާފެއް ނުވެ އެވެ.

އޭގެ އިތުރުން ރައީސް މައުމޫންގެ ތާއީދާ އެކު ވެސް ބައެއް ކެންޑިޑޭޓުން ވަނީ މަޖިލީސް އިންތިހާބަށް ނެރެފަ އެވެ. އަދި އެމްޓީޑީ އާއި އަލަށް އުފައްދާފައިވާ ލޭބާ ބާޓީން ވެސް ކެންޑިޑޭޓުން ވަނީ ނެރެފަ އެވެ. ނަމަވެސް އެއީ ކިތައް ކެންޑިޑޭޓުން ކަމެއް ސާފެއް ނުވެ އެވެ.

މިފަހަރުގެ އާންމު އިންތިހާބުގައި އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރެ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އީސީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދުވަހުގެ ނިޔަލަށް އަމިއްލަ ގޮތުން ވާދަކުރުމަށް 59 ކެންޑިޑޭޓަކު ފޯމް ހުށަހަޅާފައި ވެއެވެ.


މަޖިލިސް 2019 އީސީ
ހިޔާލު

ސަޖޯ

ލޭބާ ބާޓީ އަކީ ކާކުތަ؟