Dingee eh bandunjahaalai, anhenaku gehligen hoadhanee
image
މީގެ ކުރިން ހިނގި ހާދިސާއެއްގައި ބަންޑުން ޖަހާލާފައި އޮތް ޑިންޑީ އެއް.
0 ކޮމެންޓް
 

ޑިންގީ އެއް ބަންޑުންޖަހާލައި 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުންޖަހައިލުމުން އޭގެން ދަތުރުކުރި 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. muni
ފުލުހުން ބުނީ އެ ޑިންގީ ބަންޑުން ޖަހާލި އިރު އޭގައި ދަތުރުކުރަމުން ދިޔައީ ތިން މީހުން ކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ އާ ހިސާބުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިރޭ 21:30 ހާއިރު އެ ކަމުގެ ރިޕޯޓް ލިބިފައިވާއިރު، ޑިންގީން ދަތުރުކުރި ދެ މީހަކު ފަތާފައި ގޮސް އެތަނުގެ ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގެ ކަނޑުތެރެއަށް ޑިންގީ ބަންޑުން ޖަހާލުމުން ގެއްލުނު އަންހެން މީހާ ހޯދުމަށް ފުލުހުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެ ރިސޯޓުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހިޔާލު