Hulhumale gai hingi accident eh gai maabandhu meehakah aniyaa vejje
image
ހުޅުމާލެ ހޮސްޕިޓަލް
0 ކޮމެންޓް
 

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކަށް އަނިޔާ ވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެކްސިޑެންޓެއްގައި އަނިޔަވި އިމުރުން 31 އަހަރުގެ އަންހެނަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމުގައެވެ.

އެކްސިޑެންޓްގައި އޭނާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ބޮޑު އަނިޔާއެއް ވެފައިނުވާކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ. ރ ކަނދޮޅުދޫއަށް ނިސްބަތްވާ އަންހެން މީހާއަށް ފަރުވާދެމުން ގެންދަނީ ހުޅުމާލޭ ހޮސްޕިޓަށްގެ އީއާރުގައެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ މިރިހިމަގުން އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހިއެވެ.
ހިޔާލު