Mie thafaathu makeup eh kuraa meeheh
image
ލުކާ ކޮށްފައިވާ ހުރި ބައެއް މޭކަޕްތައް---
0 ކޮމެންޓް
 

މިއީ ތަފާތު މޭކަޕެއް ކުރާ މީހެއް

މޭކްޕް ކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އަންހެނުންގެ އިތުރުން މިއީ މިހާރު ފިރިހެނުން ވެސް ކުރާ ކަމެކެވެ. މޭކަޕް އާޓިސްޓުން މިހާރު ދުނިޔޭގައި ގިނައިރު ވަރަށް ތަފާތުކޮށް މޭކަޕްތައް ކުރާ މީހުންވެސް އުޅެއެވެ. އެގޮތުން މިއީ އޭގެ ތެރެއިން އެކަކެވެ.
އިޓަލީއަށް ނިސްބަތްވާ ލުކާ ލޫސް އަކީ ތަފާތު ރީތި މޭކަޕެއް ކުރާ ފަރާތެކެވެ. އިންސްޓަގުރާމު މެދުވެރިކޮށް އޭނާގެ މޭކަޕުތައް މީހުންނަށް ދައްކާލަމުން އަންނަ އިރު ގިނަ ބަޔަކަށް ވަނީ އޭނާގެ މޭކަޕު ކަމުގޮސްފައެވެ.








އިންސްޓަގުރާމުގައި 2.4 ލައްކަ ފޮލޯވަރުން ތިބިއިރު އޭނާ ޕޯސްޓުކުރާ ކޮންމެ ފޮޓޯއަކަށް ހާހަކަށް ވުރެ ގިނަ ލައިކް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުކާ ކޮށްފައި ހުންނަނީ 3D މޭކަޕުތަކެވެ. ލުކާ އަކީ ޓީވީ ތަރިންގެ ވެސް މޭކަޕުކޮށްދެމުން އަންނަ ފަރާތެކެވެ. ޓީވީ ތަރިންނަށް މޭކަޕް ކޮށްދޭތާ މިހާރު 18 އަހަރު ވެފައިވާއިރު އޭނާ 3D ކޮށް މޭކަޕް ކުރަން ފެށީ 2014 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޭކަޕް އިޓަލީ ފޭޑި
ހިޔާލު