Moonugai Bihinagaanama mikankan kohlaa
image
0 ކޮމެންޓް
 

މޫނުގައި ބިހި ނަގާ ނަމަ މިކަންކަން ކޮށްލާ

މޫނުގައި ބިހި ނެގުމަކީ އަންހެން ކުދިން ވަރަށް ފޫހިވާ އަދި ކަންބޮޑުވާ ކަމެކެވެ. މޫނުގައި ބިހި ނެގުމުން އޭގައި ކޮއްޓާ ހަދަނީ އެހެންވެއެވެ. އެގޮތަށް ކޮއްޓާ ބިހި ތުއްވާލާ އޭގައި ހުންނަ ޖަރާސީމުތައް ބޭރުކޮށްލަނީ އަވަހަށް ބިހި ދުއްވާލުމަށެވެ. އަންހެން ކުދިންގެ އަނެއް ބޮޑު ކަންބޮޑުވުމަކީ ބިހި ނަގާނީ އާންމުކޮށް ކޮންމެސް ބޮޑު ކަމެއް ޕްލޭނެއް ކޮށްލާތަނުން ކަމަށް ވުމެވެ. އެހެންވެ، އަވަހަށް ބިހި ދުއްވާލުމަށް ނުކުރާ ފަރުވާއެއް ނޯވެއެވެ. މިވެނި އެއްޗަކީ ބިއްސަށް އޮތް ފަރުވާއޭ ބުނެއްޖެނަމަ އެކަމެއް ކުރަން ވެސް އެމީހުން ތިބޭނީ ތައްޔާރަށެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ މީހަކީ ވެސް މޫނު މަތި ގުދުރަތީ ރީތިކަން މަތީ އަބަދަށް ބަހައްޓަން ބޭނުންވާނެ މީހެވެ.
އާންމުކޮށް ބިއްހި ނަގަނީ މޫނުމަތި ތެޔޮވެފައި ހުންނަ މީހުންގެ އެވެ. އެހެންކަމުން، މޫނުމަތިން ބިހިން ސަލާމަތް ކުރަން އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ލުނބޯ އާއި މާމުއި އެވެ. މިއީ ވަރަށް ފަސޭއިން ލިބޭނެ ދެ އެއްޗެކެވެ.

ފުރަތަމަ، ލުނބޯ ހުތް ފެލުމަށް ފަހު، މާމުއި އައި ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށް ފަހު މޫނުގައި އުނގުޅާލާށެވެ. އަދި 15 މިނެޓު ބެހެއްޓުމަށް ފަހު ތާފަނާ ފެނުން މޫނު ދޮންނާށެވެ. މާމުއި އާއި ލުނބޮލަކީ ހަންގަނޑު މަޑުކޮށްދިނުމަށް ވެސް އެހީވެދޭ އެއްޗެއް ކަމުން މިއީ މޫނު މަތިން ރީތިކޮށް ބަހައްޓަން ބޭނުންނަމަ އަޖުމަ ބަލާލަންކޮށްލަން ރަނގަޅު ކަމެކެވެ.

މީގެ ނަތީޖާ އެއް ދުވަހުން ނުފެނިދާނެއެވެ. އެހެންކަމުން، ހަފުތާއެއް ވަންދެން އެގޮތަށް އަމަލުކޮށް މީހާގެ މޫނު މައްޗަށް އަންނަ ބަދަލު ބަލާލާށެވެ.


ނަލަވުން ފޭޑި
ހިޔާލު