JP in alhugandumennaa gulhunee sarukaaru coalitionun vakivefai: Adhurey
image
ގާސިމް އާއި ރައީސް ޔާމީން.-- ފޮޓޯ: ރައީސް އޮފީސް
3 ކޮމެންޓް
 

ޖޭޕީން އަޅުގަނޑުމެންނާ ގުޅުނީ ސަރުކާރު ކޯލިޝަނުން ވަކިވެފައި: އަދުރޭ

އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީ އާ ގުޅިގެން މަސައްކަތްކުރަން ޖުމްހޫރީ ޕަޓީން ނިންމީ ސަރުކާރު ކޯލިޝަނުން ވަކިވުމަށްފަހު ކަމަށް ބުނެފި އެވެ.
ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވީ، ސަރުކާރު ކޯލިޝަން މިހާރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކޯލިޝަން އުވިގެން ދިޔައީ އެމްޑީޕީން އެމްޑީޕީން ހެދި ގޯސްތަކުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގިފައި ވަނީ 22 ދާއިރާއެއް ޖޭޕީ އަށް ދޫކުރަން [ކޯލިޝަން ޕާޓީތަކުން އެއްބަސްވެފައި އޮތްކަން]. ދުލެއް ނުކުރޭ، އެގްރިމަންޓާ ހިލާފްވާ ހިސާބުން ބާތިލް އެއްޗަކަށް ނޫންތޯ ވާނީ؟ އަނެއްކާ ރައީސް ސޯލިހް ވެސް ވިދާޅުވެފަ އޮންނާނެ ސޮއި ކުރެވިފައި އޮތް އެއްބަސްވުމެއްނެތޭ. އެހެންވީމަ ކޯލިޝަން ނިމުނީއޭ. ކޯލިޝަން ކަންތައް އެ ވަނީ ގޮސްފައި. ކޯލިޝަން ރޫޅިފައި އޮތުމުން ނޫންތޯ އަޅުގަނޑުމެންނާއެކު ޖޭޕީއިން މަސައްކަތް ކުރައްވަން ނިންމާނީ؟ [އަޅުގަނޑުމެންނާ ގުޅެން ނިންމީ] އެބޭފުޅުން އަމިއްލަ ފުޅަށް ވެސް ކޯލިޝަން އޮތް ކަމަށް ގަބޫލު ނުކުރައްވާތީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މިހާރު އިދިކޮޅުގައި ޕީޕީއެމް އާއި ޕީއެންސީ އަދި ޑީއާރުޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އެބައޮތް ކަމަށެވެ. އަދި އެދެނީ ގާސިމް އަބަދު ވެސް އެ ބޭފުޅުންނާ އެކު މަސައްކަތް ކުރުމަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޖޭޕީން ވެރިކަންކުރާ ކޯލިޝަނުން ވަކިވުމުން، ސަރުކާރުގައި ތިބި އެ ޕާޓީގެ މިނިސްޓަރުންނަށް ވާނެ ގޮތެއް އެނގިނުލައްވާ ކަމަށެވެ. އެގޮތުން ސަރުކާރުގައި ތިބި ޖޭޕީގެ ބޭފުޅުންނަށް ވާނޭގޮތެއް ނިންމާނީ ސަރުކާރުން ނުވަތަ ޖޭޕީން ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން އަދުރޭ ވިދާޅުވީ ސަރުކާރަށް ތިން މަސް ވެގެންދިޔައިރު ފެނިގެން ދަނީ އަނިޔާވެރިކަން ކަމަށެވެ. އެގޮތުން އަނިޔާވެރި ސަރުކާރަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވާނޭގޮތް މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި، އެކަމަށް ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ހިޔާލު

ހުތްކިބަ

ޤާސިމް ރީތިލަގާއެއްދީފިތާއެވެ! މިފަހަރު ފެލެނީ ކޮންފަދަ ހުތްކިބައެއްކަން އަދުރޭމެނަށް އެބައެނގޭބާވައެވެ؟ އަދުރޭއަށް ވ. ސަލާމް!

އަހުމަދު

މިފަހަރު އަނެއްކާ ޤާސިމް ހައްދައިގެން ކެމްޕޭންގެ ފައިސާ ހަމަޖައްސާލުމުގެ ބޭނުމުގައި ކަދުރޭމެން ރެއާއިދުވާލުއަވަދިނެތި......
ދެން އަވަހަށް ޤާސިމް ބޭނުންކޮށްގެން ވެރިކަން އަލުންހޯދަބަލަ. އެއިރުން ނުހައްޤުން ކެއިހުރިހާ ފައިސާ ކަންކަން ހައްލުވާނެ..

ކަދުރޭ

އެހެންވީމާ ސުވާލަކީ ޓުރާންސްޕޯޓު މިނިސްޓަރުގެ ކައިވެނީގެ ސްޓޭޓަސް އަކީ ކޮބައިތޯ؟