Leaward Hardware: Fasbelumeh nethi kuriah
image
ލީވާޑް ހާޑްވެއާ--
0 ކޮމެންޓް
 

ލީވާޑް ހާޑްވެއާ: ފަސްބެލުމެއް ނެތި ކުރިއަށް

ބޭރުން ފެންނައިރު ލީވާޑް ހާޑްވެއާ ހީވަނީ ވަރަށް ކުޑަ ކުޑަ ފިހާރައެއް ހެންނެވެ. ނަމަވެސް އެތެރެއަށް ވަނުމުން ހީކުރި ވަރަށް ވުރެ ތަން ބޮޑުކަން އެނގެއެވެ. އެކި ވައްތަރުތަކުގެ ހާޑްވެއާ ސާމާނުން ފިހާރައިގެ ޝޯކޭސްތަކާއި ހަރުގަނޑުތައް ފުރިފައިވާ އިރު އެ ތަނުގައި ނެތް އެއްޗެއް ދަންނަވަން ދައްޗެވެ.
ލީވާޑް ހާޑްވެއާއަކީ ވިޔަފާރި ކުރަމުންދާތާ ފަސްވަރަކަށް އަހަރުވީ ކުންފުންޏެކެވެ. ކުޑަގޮތަކަށް ފެށި ވިޔަފާރިން ފުރަތަަމަ ދެތިން އަހަރު ގެއްލުންވި ނަމަވެސް މިހާރު ލީވާޑަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލައިފައިވާ ކުންފުންޏެކެެވެ.

ފެށި އިރު މައިގަނޑުގޮތެއްގައި ރިސޯޓު ސަޕްލައި ކުރި ނަމަވެސް މިހާރު ރާއްޖޭގެ ވަރަށް ގިނަ ކުންފުނިތަކަށާއި ވަކި ވަކި ކަސްޓަމަރުންނަށް ލީވާޑުން ހިދުމަތް ފޯރުކޮށްދެއެވެ. ނިކަގަސްމަގުގައި ހުންނަ މި ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކަކީ ހެނދުނު 8.30ން ރޭގަނޑު 11.00ށެވެ. ފޯނު ނަންބަރަކީ 3330553 އެެވެ.

ޕްލައިވިޑު ފިލާ، ދަގަނޑު، އަދި ޕީވީސީ ހޮޅީގެ އިތުރުން ގާތާގަޑަކަށް 3000 އަށް ވުރެ ގިނަ މުދަލުގެ ބާވަތްތައް ލިބެން ހުރި އިރު ހޯލްސޭލްކޮށް މުދާ ސަޕްލައިކޮށްދިނުމަކީ މިތަނުން ފޯރުކޮށްދޭ އެއް ޚިދުމަތެވެ. މީގެ އިތުރުން 5000ރ. އަށް ވުރެ މަތީ އަދަދުގެ އޯޑަރުތައް ހިލޭ މާލެ، ހުޅުމާލެ އަދި ބަނދަރުމައްޗަށް ޑެލިވަރީ ކޮށްދެ އެވެ. ރަށަކަށް ފުރަން އޮންނަ ދޯންޏަކަށް ވިޔަސް، އިމާރާތް ކުރަމުންދާ ސައިޓަކަށް ވިޔަސް ލީވާޑް ހާޑްވެއާއިން ބުނާ ގަޑިއަށް މުދާ ގެންގޮސްދޭނެ ކަމުގެ ޔަގީންކަން ލީވާޑާއެކު ވިޔަފާރިކުރާ ކުންފިނިތަކަށް އޮވެއެވެ.

ހަމައެކަނި މުދާ ޑެލިވަރީ ކޮށްދިނުމަށް ފަހު ނިންމާލަނީކީ ވެސް ނޫނެވެ. އޯޑަރު ލިބުނު ވަރަށް މުދާ ޑެލިވާކޮށް ދެވުނުތޯ ވަގުތުން ޗެކްކޮށް އެ ޔަގީންކަން ކަސްޓަމަރުންނަށް ދެއެވެ. މީގެ އިތުރުން ހަލާކުވެފަ ހުރި އެއްވެސް މުދަލެއް ހުރިތޯ ބަލާ ޗެކުކުރެއެވެ.

ލީވާޑް ހާޑުވެއާއިން ވިއްކާ މުދަލަށް ވުރެ އެ ތަނުން ފޯރުކޮށްދޭ ހިދުމަތްތައް މާ ބޮޑަށް ތަފާތެވެ. ކަސްޓަމަރުން ހިތްހަމަޖެހޭގޮތަށް، ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ލީވާޑު ހާޑުވެއާއިން އަބަދުު ވެސް އިސްކަންދެއެވެ. ފަތިހު ޑެލިވާ ކުރަން ޖެހުނު ކަމުގައި ވިޔަސް، ރާއްޖޭން ނުލިބޭ ޕްރޮޑަކްޓެއް ހޯދަން ކަމުގައި ވިޔަސް އެ ކަމެއް ލީވާޑް ހާޑްވެއާއިން ފުރިހަމަ ކުރާނެކަމުގެ ޔަގީންކަން މިވީ ދުވަސްތަކުގެ ތެރޭގައި ލީވާޑު ހާޑުވެއާގެ ކަސްޓަމަރުންނަށް ވަނީ ލިބިފައެވެ.

ހާޑްވެއާ ސާމާނު ގަތުމަށް ލީވާޑް ހާޑްވެއާ ޚިޔާރުކުރަންވީ ސަބަބުތައް ބައިވަރެވެ.

ލީވާޑް ހާޑްވެއާއިން ރާއްޖޭގެ އެހެން ވެސް ބޮޑެތި ހާޑުވެއާ ފިހާރަތަކާއި އެއް ފެންވަރެއްގެ ތަކެތި މާކެޓްއަގުގައި ނުވަތަ އެއަށްވުރެ އަގުހެޔޮކޮށް ލީވާޑް ހާޑުވެއާ އިން ލިބޭނެ އެވެ. ކްރެޑިޓަށް ވެސް މުދާ ދޫކުރެ އެވެ. މުދާ އަވަހަށް ރޯލްކުރެވޭތީ ކަސްޓަމަރުންނަށް އަބަދު ވެސް ލިބެން ހުންނާނީ ގެންނަތާ ގިނަ ދުވަސް ނުވެ ހުންނަ މުދަލެވެ.

މީގެ އިތުރުން ހިދުމަތް ފޯރުކޮށްދޭން ތިބެނީ ދިވެހިންނެވެ. ހިތްހެޔޮކަމާ އެކު ކަސްޓަމަރުންނާ މުއާމަލާތްކުރުމާ އެކު އެހީތެރިކަން ފޯރުކޮށްދޭތީ ތަނަށް އަންނަ ކަސްޓަމަރުން ނުކުމެގެންދަނީ ހިތްހަމަޖެހިފައި ތިބެގެންންވެ. ލީވާޑްގެ "ރެގިއުލާ" ކަސްޓަމަރުން ގިނަވުމުގެ އެއް ސަބަބީ ވެސް މިއެވެ.

ލީވާޑް ހާޑްވެއާ އިތުރަށް ފުޅާކުރުމުގެ ވިސްނުން ކުންފުނީގެ އެމްޑީ ހާތިމް އިބްރާހިމް ގެންގުޅުއްވައެވެ. އެ ގޮތުން މިއަންނަ އަހަރު މިހާރަށްވުރެ ތަނަވަސް ބޮޑު ފިހާރައެއް ހުޅުވުމާއި ޕްރޮޑުކްޓް ރޭންޖް އިތުރުކުރުމާއި ލީވާޑް ހާޑްވެއާގެ އަމިއްލަ ޕްރޮޑަކްޓެއް މާކެޓެށް ނެރުމުމަކީ ހާތިމްގެ ތަސައްވުރެކެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ވެސް ހިންގުމަށް ރާވައިފައިވެއެވެ. ކަސްޓަމަރުން ތިބީ އިންތިޒާރުގައެވެ.
ހިޔާލު