India gai Geri Maraa Kamahbune 36 Muslimun Maraalafi
image
ގެރި މަރާކަމަށް ބުނެ ހިންގި ހަމަނުޖެހުމެއްގައި ބަހެއް ފޮރޮޅާލައި އަލިފާން ޖަހާފައި: ފޮޓޯ ސީއެންއެން
0 ކޮމެންޓް
 

އިންޑިއާގައި ގެރި މަރާކަމަށް ބުނެ ތިން އަހަރު ދުވަހުގެ ތެރޭގައި 36 މުސްލިމުން މަރާލައިފި: އެޗްއާރުޑަބްލިއު

އިންޑިއާގައި ގެރި މަރާކަމަށް ބުނެ ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި 36 މުސްލިމުން މަރާލާފައިވާކަމަށް ހިއުމަން ރައިޓްސް ވޮޗް، އެޗްއާރުޑަބްލިއު އިން ހާމަކޮށްފިއެވެ.
ހިއުމަން ރައިޓްސް ވޮޮޗުން ހާމަކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާގައި ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ގެރި މަރާކަމަށް ބުނެ ޖުމްލަ 44 މީހަކު މަރަލާފައިވާކަމަށެވެ. އޭގެ ތެރެއިން 36 މީހަކީ މުސްލިމުންކަމަށެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް އިންޑިއާގެ ފުލުހުން ތަހުގީގުނުކޮށް ދޫކޮށްލާފައިވާކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ ހިންދޫ ދީނުގެ މީހުން ދެކޭ ގޮތުގައި ގެރިއަކީ މާތް އެއްޗެކެވެ. އަދި އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ކަތިލުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި ބުނެފައިވަނީ ގެރިމަސް ކާކަމަށް ބުނެ ވެސް ބައެއް މީހުން މަރާލާފައިވާކަމަށެވެ. އަދި ވެރިކަމުގައި އޮތް ބީޖޭޕީގެ ބަހުރުވަ ހުންނަ ގޮތުން ގެރި މަރާކަމަށް ބުނެ އެތައް ބަޔަކު މަރަމުން އަންނައިރު އެކަން ތަހުގީގުކުރުމަށް ފުލުހުންވެސް ފަސް ޖެހޭކަމަށެވެ.

މި މައްސަލައިގައި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީން ބުނެފައިވަނީ ކޮންމެ ފަހަރަކުވެސް އިންތިހާބާއި ދިމާކޮށް ހިއުމަން ރައިޓްސް ވޮޗް އިން މިފަދަ ރިޕޯޓުތައް ނެރޭކަމަށެވެ.
ބީޖޭޕީ
ހިޔާލު