Boeing 737 MAX Marukaage Flight Thah Islaahu Kurumah Americain Edhijje
image
0 ކޮމެންޓް
 

ބޮއިން 737 މެކްސް މަރުކާރގެ ފްލައިޓުތައް އިސްލާހުކުރުމަށް އެމްރިކާއިން އެދިއްޖެ

ބޮއިން އިން ވިއްކާ އޭގެ އެންމެ ފަހުގެ މޮޑެކްލަކަމުގައިވާ 737 މެކްސްގެ ފްލައިޓުތައް އިސްލާހު ކުރުމަށް އެމެރިކާއިން އެ ކުންފުނީގައި އެދިއްޖެއެވެ.
އެގޮތަށް އެމެރިކާއިން އެދުނީ މިދިޔަ އާދިއްތަ ދުވަހު އިތޯޕިއަން އެއާލައިންސްގެ ފުލައިޓެއް ވެއްޓި 159 މީހުން މަރުވުމާއި، އިންޑިނޯޝިއާގެ ލަޔަން އެއާލައިންގެސް ގެ ފްލައިޓެއް މީގެ ކުރިން ވެއްޓި 189 މީހުން މަރުވެފައިވާތީއެވެ.

އެމެރިކާއިން ބުނެފައިވަނީ ބޮއިން 737 މަރުކާގެ ފްލައިޓުތައް ނުރައްކާތެރި ހާލަތްތަކުގައި ކުއްލިއަކަށް ހުއްޓުވާލާ ސޮފްޓްވެއާއި، ފްލައިޓު ކޮޅުކޮޅަށް އަނބުރަން ހަރުކޮށްފައިހުންނަ ސިސްޓަމްތަކުގައި މައްސައެއް އުޅޭކަމަށް ބެލެވޭކަމަށެވެ.

އިތޯޕިއަން އެއާލައިންގެ ފްލައިޓު ވެއްޓުނީ ނައްޓާލިތާ ހަތް މިނެޓު ތެރޭގައެވެ. މަންޒަރު ދުށް ބައެެއް މީހުން ބުނި ގޮތުގައި ފްލައިޓު ވެއްޓުމުގެ ކުރިން އޭގެން އަލިފާން ފެނުނުކަމަށެވެ. އަދި ފްލައިޓް ދެ ފަހަރަށް އެކޮޅުކޮޅުން ޖެހުނުކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޗައިނާގައި ވެސް ވަނީ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓުތައް ދުއްވުން މަނާކޮށްފައެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ފާއިތުވީ ފަސް މަސްދުވަހުގެ ތެރޭގައި ވެއްޓިފައިވަނީ އަލަށް އޮޕަރޭޓު ކުރަން ފެށި ދެ ފްލައިޓުކަމަށެވެ. އަދި ދެ ފްލައިޓު ވެއްޓުމުގައިވެސް އެއްވައްތަރު ކަންތައްތަކެއް އެބަހުރިކަމަށެވެ. ދެ ފްލައިޓުވެސް ވެއްޓިފައިވަނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލުން ނައްޓާލާއިގެންނެވެ.

ހިޔާލު