Keerthy bollywood ah thaaraf vanee Ajay aeku
image
ކީރްތީ އާއި އަޖޭ---
0 ކޮމެންޓް
 

ކީރްތީ ބޮލީވުޑަށް ތައާރަފުވަނީ އަޖޭ އާއެކު

ތަމިލް އިންޑްސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ބޮލީވުޑަށް ތައާރަފުވާ ފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ ބޮލީވުޑު މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އާއެކުގައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކީރްތީ ބޮލީވުޑަށް ވަރަށް އަވަހަށް އަންނާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް ފަރާތެއް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކީރްތީ ބޮލީވުޑަށް ތައާރަފުވާން އުޅޭކަން އިއްޔެ ޖާންވީ ކަޕޫރު ކަށަވަރުކޮށްދީފައިވާއިރު ކީރްތީ ފެނިގެންދާނީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރުގެ ޕްރޮޑަކްޝަންގެ ފިލްމަކުން ކަމަށް ޖާންވީ ވަނީ ބުނެފައެވެ. އެގޮތުން އެފިލްމުގައި ކީރްތީ އާއެކު ފެނިގެންދާނީ އަޖޭ ކަމަށް ވެސް ވަނީ ޖާންވީ ވަނީ ބުނެފައެވެ.

އަމިތު ޝަރުމާ ޑައިރެކްޓުކުރާ އެފިލްމަކީ ކުރީގެ އިންޑިއާގެ ފުޑްބޯޅަ ކޯޗެއް ކަމަށްވާ ސައީދު އަބްދުލް ރަހީމުގެ މައްޗައް ހަދާ ފިލްމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ފިލްމުގައި ކީރްތީ ފެނިގެންދާނީ ކޮން ރޯލަކުން ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ކީރްތީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ރެމޯ" އާއި "ސަރްކާރް" އާއި "ނޭނު ސައިޖަލާ" އާއި "ނޭނު ލޯކަލް އަދި "މަހަނާތީ" ހިމެނެއެވެ. އަޖޭ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ނެރުނު ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ.
ހިޔާލު