Priyanka ah Nick car eh ganedheefi
image
ނިކް އާއި ޕްރިޔަންކާ---
1 ކޮމެންޓް
 

ޕްރިޔަންކާ އަށް ނިކް ކާރެއް ގަނެދީފި

މިދިޔަ އަހަރު ފަހުކޮޅޫ ކައިވެނި ކުރި ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށް އޭނާގެ ފިރިމީހާ އަދި ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް ކާރެއް ގަނެދީފިއެވެ.
ޕްރިޔަންކާ އިއްޔެ އިންސްޓަގުރާމު މެދުވެރިކޮށް ނިކް އޭނާއަށް މެސަޑީޒް ބެންޒް ބުރޭންޑުގެ އަގުހުރި ކާރެއް ދިން ކަން ހާމަކޮށްދީފައިވާއިރު ޕްރިޔަންކާ ވަނީ އެކާރަށް "އެކްސްޓްރާ ޗޯޕްރާ ޖޯނަސް"ގެ ނަން ދީފައެވެ.

ކާރާ އެކު ޕްރިންކާ އާއި ނިކް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު ޕްރިޔަންކާ ވަނީ ނިކް އަކީ އެއްވަނައިގެ ފިރިއެއް ކަމަށް ވެސް ބުނެފައެވެ.


އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކައިވެނި ކުރި އިރު، އެމީހުންގެ ކައިވެނި ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގަ އެވެ.

ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނިކުމެފައި ވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރުނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

ދާދި ފަހުން ޖޯނަސް ބްރްދާސްގެ ލަވަ "ސަކާ" އިން ޕްރިޔަންކާގެ ހާއްސަ ފެނިލުމެއް ދައްކާފައިވާއިރު އެލަވައަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.
ހިޔާލު

ފޮޅި

ހަކުރު ދެންޔާ ބޮޑުބޭބެ.