Tiger aai Disha aki hama ekani gaai rahumaihtherin: Jackie
image
ޓައިގާ އާއި ދިޝާ އަދި ޖެކީ---
0 ކޮމެންޓް
 

ޓައިގާ އާއި ދިޝާ އަކީ ހަމައެކަނި ގާތް ރަހުމަތްތެރިން: ޖެކީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފާއި އެކްޓަރެސް ބަތަލާ ދިޝާ ޕަޓާނީ އަކީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށް ޓައިގާގެ ބައްޕަ ޖެކީ ޝްރޮފް ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންތަވިއުއެއްގައި ޖެކީ ބުނީ ދިޝާ އަކީ ޓައިގާ ގެ ފުރަތަމަ ރަހުމަތްތެރިޔާ ކަމަށެވެ. އަދި މިހާރު ވެސް ދެމީހުންނަކީ ގާތް ރަހުމަތްތެރިން ކަމަށާއި އެދެމީހުން އެއްގޮތް ކަންތައްތަކެއް ވެސް ހުންނަ ކަމަށެވެ.

އެގޮތުން ދެމީހުން އެކުގައި ނަށާ ކަމަށާއި އެކުގައި ވޯކްއައުޓް ވެސް ކުރާ ކަމަށެވެ. އަދި އެދެމީހުން މުސްތަގުބަލުގައި ކައިވެނި ކުރާނެ ނުވަތަ ރަހުމަތްތެރިންގެ ގޮތުގައި މުޅި އުމުރު ދުވަހު އުޅޭނީ ކަމެއް އެކަކަށް ވެސް ނޭންގޭނެ ކަމަށް ޖެކީ ވަނީ ބުނެފައެވެ. އަދި މިހާރު އެއީ ހަމައެކަނި ގާތް ރަހުމަތްތެރިން ކަމަށް ޖެކީ ވަނީ ބުނެފައެވެ.

ދިޝާ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2015 ވަނަ އަހަރު ނެރުނު ތަމަޅަ ފިލްމަކުންނެވެ. "އެމްއެސް ދޯނީ" އިން ބޮލީވުޑަށް ތައާރަފުވެ އޭނާ ގިނަ ބަޔަކަށް އެނގިގެންދިޔައީ މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ބާގީ 2" އިންނެވެ.

"ހީރޯޕަންތީ" އިން 2014 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޓައިގާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މިހާރު "ސްޓޫޑަންޓް އޮފް ދަ ޔިއާ 2" ގައި މަސައްކަތް ކުރަމުން އަންނަ ޓައިގާ އަންނަނީ ސިދާތު އަނަންދުގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަމުންނެވެ.

ޖެކީ ވަނީ ބޮލީވުޑް ފިލްމުތަކުގެ އިތުރުން މަރާޓީ، ކަންނަޑާ، ޕަންޖާބީ، ބެންގާލީ، މަލިއާލަމް، ތަމިލް، ތެލްގޫ، ބޯޖްޕޫރީ އަދި ގުޖްރާތީ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. ޖެކީ "ޕަލްޓަން" އިން ފެނިގެން ދިޔައިރު އޭނާ ދެން ފެނިގެންދާނީ "ބާރަތް" އިންނެވެ.
ހިޔާލު