Suspend kuri siyaaseebeyfulhunge report gai 'ninmumeh' nei!
image
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް:---
2 ކޮމެންޓް
 

ސަސްޕެންޑްކުރި ސިޔާސީ ބޭފުޅުންގެ ރިޕޯޓަކު "ނިންމުމެއް" ނެތް!

ސަސްޕެންޑުކުރި ސިޔާސީ ބޭފުޅުންގެ މައްސަލައާއި ގުޅޭ ރިޕޯޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ރައީސް އޮފީހަށް ފޮނުވިއިރު، އެރިޕޯޓުގައި އެކޮމިޝަނުގެ އެއް ވެސް "ނިންމުމެއް" ނިންމާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު، ސީއެންއެމަށް މިއަދު ވިދާޅުވީ ގޭގައި މަޑުކުރަން އެންގި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ގުޅޭ ރިޕޯޓެއް އޭސީސީން ފޮނުވާފައިވީ ނަމަވެސް އެރިޕޯޓަކު އެ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތާގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނެތް ކަމަށެވެ.

"އެ ރިޕޯޓްގައި ވަނީ އެފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އެކޮމިޝަނަށް ފާހަގަކު ކުރެވިފައިވާ ކަންކަން. އެ ފަރާތްތުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ މައްސަލާގައި އޭސީސީގެ ނިންމުމެއް ނެތް،" ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ ސަސްޕެންޑްކުރި ސިޔާސީ ބޭފުޅުންނާ ގުޅޭ ރިޕޯޓް އޭސީސީން ކޮންމެހެން ރައީސް އޮފީހަށް ފޮނުވަންވެސް ނުޖެހޭނެ ކަމަށެވެ. އަދި އެކޮމިޝަނުން މައްސަލައެއް ބެލުމަށްފަހު، ތަހުގީގުން ސާބިތުވާނަމަ، ދައުވާ ކުރަން ފޮނުވާނީ ކަމަށާއި ތަހުގީގުން ސާބިތު ނުވާނަމަ ނުވާކަމަށް ނިންމުމަން އެނިމުނީ ކަމަށް ހޫދު ވިދާޅުވި އެވެ.

އެމައްސަލައާއި ގުޅިގެން އޭސީސީގެ މެމްބަރަކު ސީއެންއެމަށް މިއަދު ވިދާޅުވީ ރައީސް އޮފީހަށް ފޮނުވާފައިވަނީ އެކޮމިޝަނުން ބެލި މައްސަލައިގެ ތަހުގީގީ ރިޕޯޓެއް ނޫން ކަމަށާއި، އެއީ ސަސްޕެންޑް ކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ މައްސަލާގައި އެކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ.

"އެއީ ކޮމިޝަނުން ބެލި މަސައްލައެއް ނޫން، އެހެންވީމާ ކަމެއް ނުނިންމާނެތާ. އެއީ ސަސްޕެންޑްކުރި ސިޔާސީ ބޭފުޅުންގެ މައްސަލާގައި އެކޮމިޝަނަށް ފާހަކަ ކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް. އެރިޕޯޓުގައި، ކޮމިޝަނުން އެފަރާތަކުގެ މައްޗަށް ކަމެއް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ނިންމާފައެއް ނުވާނެ،" އޭސީސީގެ މެމްބަރު ވިދާޅުވި އެވެ.

މީގެއިތުރުން އޭސީސީގެ މެމްބަރު ވިދާޅުވީ ކޮރަޕްޝަނުގެ އަމަލެއް ނުވަތަ ސަރުކާރުގެ ސަމާލުކަން ގެންނަން ޖެހޭ ފަދަ ކަންކަމުގައި އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ ގާނޫނުން އޭސީސީގެ މައްޗަށް މަތިކޮށްފައިވާ ކަމެއް ކަމަށެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ސަސްޕެންޓު ކުރެވެއްވި ބޭފުޅުންގެ ތެރޭގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓުގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް އިން ފައިސާ ޖަމާކުރި 155 މީހެއްގެ ނަން ހާމަކޮށްފައިވެއެވެ. އެގޮތުން މަހުލޫފުގެ އެކައުންޓަށް، 33،000 އެމެރިކާ ޑޮލަރު، އަކުރަމްގެ އެކައުންޓަށް 30،000 ޑޮލަރު އަދި މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 5.7 މިލިއަން ޑޮލަރު ޖަމާކޮށްފައިވެއެވެ.
ހިޔާލު

އިބްރާ

އެނގިގެންދިޔަ އެކައްޗަކީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނާގާބިލްކަން. އޭސީސީއަކީ އެމީހުން ބަލާ މައްސަލަތަކުގައި ކަންހިނގާފައިވާގޮތް ބަލައި އެކަން ކަރުދާހުގައި ލިޔަންތިބޭބައެއް. އެއްގޮތަކަށްވެސް ދައުވާކޮށް ހުކުމްޖަހާބައެއްނޫން. އިބްރާހިމް ހޫދުގެ ނާގާބިލްކަމާއިދޭތެރޭ އަޅުގަނޑު އެއްގޮތަކަށްވެސް ހައިރާނެއްނުވެއެވެ. އެބޭފުޅާއަކީ އ މ ސާލިހު އިހަކަށްދުވަހު ވަޒީފާދެއްވި ބޭފުޅެކެވެ. އެހެންކަމުން އޭނާގެ ކިބައިގައި ދައުލަތުގެ މުއައްސަސާތަކުން ކަންކަން ކުރަންޖެހޭގޮތް ނޭނގުމަކީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ.

ބޮޑުބަކުރުގެ ކުޑަބަކުރު

އަޖާބުން އަންތަރީސްވާވަރުގެ އޭސީސީއެއްނުތީ، ތިޔަ ތަނުން ނިންމުނީ ކޮންކަމެއް؟ ތިޔަތަނަށް ކުރެވޭއެއްވެސް ކަމެއްއެބައޮތްތަ؟ އެންޓިކޮރަޕްސަން ކޮމިޝަނެއްނޫން ތިޔަ ތަނަށްކިޔަންވީކީ. ނަންކުރުކޮށްލާފަ ކޮރަޕްޓް ކޮމިޝަން ކިއްޔާ މާރަނގަޅުވާނެ. އޭސީސީޔަކޯ، ކޯއްޗެއްމީ