Mahloofuge Hiyaanaathuge Mahsalaeh Neth, Nuvesbalan: ACC
image
ފޮޓޯ ވަގުތު:---
3 ކޮމެންޓް
 

މަހުލޫފުގެ ހިޔާނާތުގެ މައްސަލައެއް ނެތް، ނުވެސް ބަލަން: އޭސީސީ

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލައެއް މިހާތަނަށް ބަލާފައި ނުވާކަމަށް އެންޓިކޮރޮޕްޝަން ކޮމިޝަނުން ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެސީސީން މަހުލޫފަށް އެޑްރެެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ތިޔަފަރާތައް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައެއް އަދި މިހާތަނަށް މި ކޮމިޝަނު ބަލާފައެއްނެވެއެވެ. އަދި އެފަދަ އެ މައްސަލައެއް މިހާރު ވެސް ބަލަމުން ނުދެއެވެ،" މީގެ ދެ ދުވަސް ކުރިން ސުޕްރިޑެންޓެންޓު އޮފް އިންވެސްޓިގޭޝަން އަބްދުލް އަޒީޒު މޫސާ ސޮއިކުރައްވާ މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މަސްއޫލިއްޔަތުން ދުރުކޮށް ގޭގައި މަޑުކުރުމަށް އަންގަވާފައިވަނީ އެމްއެމްޕީއާރު ސީގެ މައްސަލައިގެ ރިޕޯޓު ނެރުނުއިރު އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި 155 އެކައުންޓުގެ ތެރޭގައި މަހުލޫފްގެ އެކައުންޓަށް 33،000 އެެމެރިކާ ޑޮލަރު ޖަމާކޮށްފައި ވާތީއެވެ. އެހެން ނަމަވެސް މަހުލޫފް ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރީ އޭނާ ނަގުދު ފައިސާ އެ ކުންފުންޏަށް ދީގެން ޑޮލަރުގަތުމުން ކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުން އޭނާ ވަނީ ފައިސާ ދިންކަމުގެ ސުލިޕުވެސް އާންމުކޮށްފައެވެ.

މި މައްސަލައިގައި އޭސީސީން ރައީސް އޮފީހަށް ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެހެން ނަމަވެސް އެ ރިޕޯޓުގައި "ނިންމުމެއް" ނެތް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ހިޔާލު

ސުވާލު

ކީއްވެތޯ ނުބަލަނީ؟ ޔާމީންވެސް...

ޔޫސުފް

އެ ކުންފުނިން މަހުލޫފަށް ލިބުނު ފައިސާ އަކީ ޚިޔާނާތު ފައިސާ އަށް ނުވާނަމަ ޚިޔާނާތު ފައިސާ ހަމައަށް ސަރުކާރަށް ލިބުނީ ބާ؟ ނޫނީ ޚިޔާނާތު ފައިސާ ލިބުުނު ހުރިހައި ފަރާތްތައް ވަކި ކުރެވުނީބާ؟

ދަރީ

ޑޮލަރު ގަނެގެން މަހްލޫފް ކުށްވެރި ވާނަމަ ކުށްވެރިނުވާ މީހަކު ރާއްޖޭގައި މަދުވާނެ