"Abaadhee Ah balaairu Malegai Dustbin Madhu"
image
މާލޭ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ސަން
0 ކޮމެންޓް
 

"އާބާދީއަށް ބަލާއިރު މާލޭގައި ހުރި ޑަސްބިން މަދު"

އާބާދީއަށް ބަލާއިރު މާލޭގައި ބަހައްޓާފައި ހުރި ޑަސްބިނުގެ އަދަދު މަދުކަމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ ތަރައްޤީގެ ތަޞައްވުރު ޙިއްޞާ ކުރައްވަމުން މާލެ ސީޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލެ ސިޓީގެ އާބާދީއަށް ބަލާއިރު މަގުމަތީގައި ބަހައްޓާފަ ހުރި ޑަސްބިންގެ ޢަދަދު މަދުކަމަށެވެ. އެހެންކަމުން މާލެ ސިޓީގައި ޑަސްބިން ބަހައްޓަންޖެހޭކަމަށް ފެންނަ ސަރަހައްދުތަކުގައި އިތުރު ޑަސްބިންތަކެއް ބެހެއްޓުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއާ ގުޅިގެން ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

އަދި މާލެ އަންނަ ފެރީތަކުން މާލެ އެތެރެވާ ކުނީގެ ސަބަބުން މާލެ ވަށައިގެންވާ މަގުތައް ހަޑިވަމުންދާކަމަށްވެސް ޝިފާ ވިދާޅުވިއެވެ. އެ މައްސަލަ ހައްލު ކުރުމަށް ފެރީތަކާއި ވެސް ވާހަކަ ދައްކަމުން އަންނަަކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާލު