Alhaange Dhifaau: Football Mubaarath Hulhuvaalee Mulhi Male' ah
image
އަލްހާން ފަހުމީ އޭނާގެ ދެ ސަޕޯޓަރުންނާއެކު: ފޮޓޯ ޓުވިޓަރ
1 ކޮމެންޓް
 

ފުޓުބޯޅަ މުބާރާތް ހުޅުވާލީ މުޅި މާލެއަށް، ކުރިމަތިލާ ދާއިރާއަކަށް ނޫން: އަލްހާން

"އަލްހާން ސްޓްރީޓް ކަޕް" ނަމުގައި ފުޓުބޯޅަ މުބާރާތުގައި ފައިސާގެ އިނާމު ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ހުށަހެޅިފައިވާ މައްސައިން ދިފާއުވުމަށް އެ މުބާރާތް ހުޅުވާލީ މުޅި މާލެއަށްކަމަށް އަލްހާން ވިދާޅުވެއްޖެއެވެ.
މިއަދު މެންރުފަހު 15:00 ގައި އެންޓިކަރަޕްޝަން ކޮމިޝަން، އޭސީސީ އަށް އަލްހާން ވަނީ ހާޒިރުކޮށް ބަޔާން ނަގާފައެވެ. އޭސީސީން ނުކުމެވަޑައިގެން އަލްހާން ވިދާޅުވީ، އޭސީސީން ކުރާ ތުހުމަތުތަކާ ދެކޮޅު ހައްދަވާކަަމަށެވެ.

"އަޅުގަނޑު ކެމްޕެއިންގައި އެ ހިންގި އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން މުޅި މާލެއަށް ހުޅުވާލައިގެން. ކޮންމެހެން ކޮންސްޓިޓުއެންސީގެ ދާއިރާއަށް ހުޅުވާލައިގެންނެއް ނޫން. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގެ ޗެމްޕިއަނުންނަށް ކަނޑައެޅިފައިވާ އިނާމަކީ ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ވަކި ޖަމާއަތަކަށް ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވޯޓުލާ މީހުންނަށް އެކަނި ފުރުސަތު އޮންނަ ގޮތަށް ބޭއްވުނު ކަމަށް ނުވާއިރު މީގެ އިނާމަކީ އަޅުގަނޑު ވޯޓު ހޯދަން ކުރި މަސައްކަތެއް ކަމަށް ގާނޫނީ ހަމަތަކުން ބެލޭނެ އެއްވެސް އަސާސެއް ނެތް،" އަލްހާން ވިދާޅުވިއެވެ.

އަލްހާން އެސީސީއަށް ހާޒިރުކުރަން ފޮނުވި އަމުރުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ "ޤާނޫނާ ހިލާފަށް މުބާރާތް ބާއްވައި، ބޮޑެތި ފައިސާގެ އިނާމު ދީފައިވާކަމަށް ބުނާ މައްސަލަގައި" ކަމަށެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ އިންތިހާބީ ކަރަޕްޝަން ހުއްޓުވުމަށް އެ ކޮމިޝަނުން ހާއްސަ ތަހުޤީޤު ޓީމެއް އެކުލަވާލައި، އިންތިހާބީ ކަރަޕްޝަނާއި ދެކޮޅަށް އެމްޕޭނެއް ފަށާފައިވާކަމަށެވެ.
ޖޭޕީ އޭސީސީ
ހިޔާލު

އަލިސްތާން

އަލްހާން ނުހޮވޭނެ. ގިނަގިނައިން މުބާރާތް ބާއްވާ.