Nellaidhoo gai Aadhayahilaafah Huvani Ginavejje
image
ހދ. ނެއްލައިދޫ: ފޮޓޯ މިހާރު
0 ކޮމެންޓް
 

ނެއްލައިދޫގައި އާދަޔާހިލާފަށް ހުވަނި ގިނަވެއްޖެ

ހދ. ނެއްލައިދޫގައި އާދަޔާ ޚިލާފަށް ހުވަނި ގިނަވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެފައިވަނީ ހުވަނި ކޮންޓްރޯލްކުރުމަށް ސިފައިންގެ އެހީތެރިކަަމަށް އެދުމުން އެރަށުގައި ހުވަނި ނައްތާލުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި މައްސަލަ ދިމާވާތާ ދެ މަހެއްހާ ދުވަސް ވެއްޖެކަމަށް އެރަށުކައުންސިލުން ބުނެއެވެ.

" ހުވަނި އެންމެ ފުރަތަމަ އަޅާފައިވަނީ ރަށުގެ ވަށައިގެންވާ މިދިލި ގަސްތަކުގައި. މިހާރު ރަށުތެރޭގެ ގަސްތަކާ ފާރުތަކުގެ އިތުރުން ގޭތެރޭގައިވެސް ހުވަނިވަނީ އަޅާފަ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫގައި ހަރަކާތްތެރިވާ ސިފައިން އަންނަނީ އެރަށުގައި ހުރި ގަސްތަކަށް ހުވަނި މަރަން ސްޕްރޭޖަހަމުންނެވެ. ނެއްލައިދޫގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ހުވަނި ގިނަވެއެވެ.
ސިފައިން
ހިޔާލު