Thin Raeesun Thauziya Vidhaalhuvejje
image
0 ކޮމެންޓް
 

މިސްކިތަށް ދިންހަމަލާ: ތިން ރައީސުން ތައުޒިޔާ ވިދާޅުވެއްޖެ

ނިއުޒިލޭންޑްގެ ކްރިސްޗާޗް ސަރަހައްދުގެ ދެ މިސްކިތަކަށް ހަމަލާދީފައިވާތީ ރައީސްލުހް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތިން ރައީސުން ވެސް ތައުޒިޔާ ވިދާޅުވެފައިވަނީ މިއަދު ވަކިވަކިން ކުރެއްވި ޓްވީޓުތަކެއްގައެވެ.

ރައީސް ސާލު ވިދާޅުވެފައިވަނީ ނިއުޒިލޭންޑުގައި މިސްކިތަށް ދިން ހަމަލާގައި މަރުވެފައިވާ މީހުންނާއި ނިއުޒިލޭންޑުގެ ރައްޔިތުންނަށް ހެޔޮދުވާ ކުރައްވާކަމަށެވެ. އަދި މި ފިނޑި އަމަލު ކުށްވެރި ކުރައްވާކަމަށާއި، ތަހުޒީބީ މުޖުތަމައެއްގައި ޓެރަރިޒަމަށް ޖާގައެއް ނެތްކަމަށެވެ.ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ މަރުވި މީހުންނާއި އެމީހުންގެ އާއިލާއަށް ހެޔޮ ދުއާކުރާކަމަށެވެ. އަދި އެންމެން އެކުއެކީގައި ހައްދުފަހަނައަޅައިދިއުމާ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.


ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެމްއާރުއެމް އިން މި އަމަލު ކުށްވެރިކުރާކަމަށެވެ. އަދި މި އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭކަމަށެވެ.


ކްރައިޓުޗާގެ ދެ މިސްކިތަކަށް މިއަދު ހުކުރު ވަގުތުގައި ދިން ހަމަލާއިގައި 49 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެތައް ބަޔަކުވަނީ ޒަހަމްވެފައެވެ. ބައެއް މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.
ހިޔާލު