Thimarafushee Airport Magugai Anehkaaves Accidenteh Hingaifi
image
ތ. ތިމަރަފުށި
0 ކޮމެންޓް
 

ތިމަރަފުށީ އެއާޕޯޓު މަގުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

ތިމަރަފުށީގައި އެއާޕޯޓަށް ދާން އޮން މަގުގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު 14:45 ހާއިރު ދެ މީހުންނާއެކު ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލާފައިވާކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ވޭނުގެ ބިއްލޫރިތައް ތަޅައިގެންގޮސް ވޭނަށް އެކިވަރުގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ތިމަރަފުށީގައި އެއާޕޯޓަށް ދާން އޮންނަ މަގުން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ވޭނަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަންގާރަ ދުވަހު ހެނދުނު ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ އަންހެނަކަށެވެ. އެ މީހާ ވަނީ އިތުރު ފަރުވާއަށް މާލެގެނެސްފައެވެ. އަންހެން މީހާ މިހާރު އޮތީ ކޯމާއެއްގައެވެ.
ހިޔާލު