#Agenda19 Campain Harakaathegai Nabu Raees Baiverive Vadaiganavaifi
image
ފައިސަލް ނަސީމް މިއަދު ލ. ގަމުގައި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ވިސާމާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: ފޮޓޯ ޓުވިޓަރު
5 ކޮމެންޓް
 

އެޖެންޑާ ނަވާރަ ކެމްޕޭނު ހަރަކާތެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި

އެމްޑީޕީން ކުރިއަށް ގެންދާ އެޖެންޑާ ނަވާރަ ކެމްޕޭނު ހަރަކާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ނައިބުރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވާފައިވަނީ އެމްޑީޕީ ޓިކެޓުގައި ގަމު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ވިސާމް (ސަމްޕަތު) ގެ ސަޕޯޓަރުން މިއަދު ހަވީރު ބޭއްވި ވެހިކަލް ބުރެއްގައެވެ.



ފައިސަލް މިއަދު ގަމަށް ވަޑައިގަތުމުން ވިސާމްއާއި އެނާގެ ސަޕޯޓަރުން ވަނީ ފައިސަލްއަށް ހޫނު މަރުހަބާއެއް ވެސް ދަންނަވާފައެވެ.
މިއީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ހަރަކާތެއްގައި ފައިސަލް ބައިވެރިވެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ހިޔާލު

ބަތާހަރާމީ ނަމަކު ހަލާލު

ގާސިމަށް މިވާންއުޅޭއެއްޗެ ވާނޭއެއްޗެ ވިސްނޭބާ؟ހުސްމިކަހަލަމީހުން ގާސިމުގެ ދޮލަނގުން ކައިބަނޑު ފުރާއިގެން މިތިބީ. ޖޕގެ ޓިކެޓުގަ ޖޕގެ ކެންޑިޑޭޓަކު ވާދަކުރާ ދާއިރާއަކަށް ޖޕ ގެ ސްލޮޓުން ނާއިބު ރައީސަކަށް އައި ފައިސަލް ނުކުމެ ޖޕގެ ވާދަވެރިޔާ މޑޕ ގެ ކެންޑިޑޭޓަށް ކެންޕޭނު ކޮއްދިނީމަ އިހުލާސްތެރިކަންހުރިވަރު ފެނިކަށަވަރުވެއްޖެ. ނުވިތާކަށް އެހާވަރުން ގެންގުޅޭ އަނބިގޮއްޔެވެސް ފިރިމީހާގެ އަގުވައްޓާ ތިމާގެ ގަދަކަން ދައްކަނީ. ޕޕމ އިން ގާސިމަށް އެއްބާރުލުންދީ ގާސިމުގެ ސިޔާސީ ހަޔާތަށް ދިރުމެދެވޭތޯ އުޅުމުން

ޔޫސުފް

ކަންތައް ތައް ދާދި އަވަހަށް ބަދަލު ވެއެވެ. ނިސްބަތްވާ ޕާޓީ އާދެކޮޅަށް ކެންޕޭނަށް ވަޑައިގަތީ އެވެ.

ހައްލު

ހެޔޮވާހެން ހީވާން ފަށައިފި އަލްހަމދުލިއްލާހި މިފަހަރު ގާސިމަށް ރަނގަޅު ފިލާވަޅެއް ލިބިގެން ދިއުން އުއްމީދަކީ މިގައުމު ހަލާކުވެ ދިއުމުގެ ފުރިހަމަ ބާރުވެރިޔަކީ ގާސިމް...

ލައިލާ

ގާސިމް ކޯފާވެގެން ގޮސް ޖޭޕީއިން ކެޑެން އަންގާނެ.

ގޫބައްޑާ

ގާސިމް އަށް ކެރޭނެތަ ފައިސަލްގެ އިސްތިއުފާ އަށް އެދެން.