Alifushee Bayaku "Bodu Maavahareh" Hovaifi
image
އަލިފުށިން ހޮވި މާވަހަރު: ފޮޓޯ ކިއުންތެރިއެއް
2 ކޮމެންޓް
 

އަލިފުށީ ބަޔަކު "ބޮޑު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް" ހޮވައިފި

އަލިފުށީ ބަޔަކު "މާވަހަރެއްކަމަށް ބެލޭ އެއްޗެއް" ހޮވައިފިއެވެ.
ސީއެންއެމްއާއި ވާހަކަ ދައްކަމުން މާވަހަރު ހޮވި ޑިންގީގައި އިން މީހަކު ބުނީ މާވަހަރު ހޮވީ، މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިއަދު ހަވީރު އަލިފުށި ކައިރިންކަމަށެވެ. އެނާ ބުނީ މާވަހަރު ހޮވިއުރު އިތުރު ދެމީހަކު ޑިންގީގައި އިންކަމަށެވެ.

އެމީހުން ހޮވީ މާވަހަރެއްތޯ ޔަގީންކުރުމަށް ގިނަބަޔަކު އެރަށު ގޮނޑުދޮށައް އެއްވެފައިވާކަމަށް އޭނާ ބުންޏެވެ. 200 ވަރަކަށް މީހުން އެ ސަރަހައްދަށް އެއްވެފައިވެއެވެ. " އަދި އެއްވެސް މީހަކު އެެއީ ސީދާ މާވަހަރެއްކަން އަދި ޔަގީން ނުކޮށްދޭ، މިކަހަލަ އެއްޗެއް ދުވަހަކުވެސް އަޅުގަނޑު ނުދެކެން،" މާވަހަރާއި ގުޅޭގޮތުން ޓެސްޓު ހަދާނަންތޯ އެހުމުން އޭނާ ބުންޏެވެ. ނަމަވެސް ގިނަބަޔަކު އޭގައި އަތްލައި ވަސް ބަލައި ހަދާކަމަށް އޭނާ ބުންޏެވެ.

އެމީހުން ހޮވީ ހުދުކުލައިގެ ވަށް އެއްޗެކެވެ. އެއީ މާވަހަރެއް ނަމަ ހުދަންބަރެކެވެ. ބަރު މިނުގައި 10 ކިލޯ އެބަހުއްޓެވެ.

އޭނާ ބުނީ "މާވަހަރު" ފެނުނީ ޑިންގިއެއްގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކަނޑުމަތިންކަމަށެވެ. "މަހަށް ނުކުތީ މެންދުރު. މާވަހަރު ފެނުނީ ހަވީރު. ރަށަށް އައީ އިރުއޮސްސެން އުޅެނިކޮށް. ރަށަށް "މާވަހަރެއް" ގެނައިކަމަށް ބުނެ ގިނަބަޔަކު އަތިމައްޗަށްއެއްވެ އެބަތިބި،" އޭނާ ބުންޏެވެ.
ހިޔާލު

isthiufaam butti

ފޮޓޯ އިން ފެންނަނީ މާވަހަރެނޫން

ޖަަަަލާލު

ތިވާހަކަ ހަމަނުޖެހޭ.