Naksh aai Mariam khan fenigendhaa video lava nerefi
image
ނަކްޝްއާ މަރްޔަމް ހާން--
0 ކޮމެންޓް
 

ނަކްޝް އާއި މަރިއަމް ހާން ފެނިގެންދާ ވީޑިއޯ ލަވަ ނެރެފި

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރޯހަން މެހްރާ (ނަކްޝް) އާއި ހަމަ އެޗެނަލް އިން ދެއްކި "މަރިޔަމް ހާން-ރިޕޯޓިން ލައިވް" ގައި މަރިޔަމްގެ ރޯލުން ފެނިގެންދިޔަ މަހިމާ މަކްވާނާ އެކުގައި ފެނިގެންދާ ވީޑިއޯ ލަވައެއް ނެރެފިއެވެ.
ޔާސެރް ދަސާއީ އާއި އަސީސް ކޯރް ކިޔާފައިވާ އެލަވައަކީ ލޯބީގެ ލަވައެކެވެ. އުދޭޕުރްގައި ލަވަގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު އެލަވަ އަށް ކިޔަނީ"ދަޅްކަނޭ މޭރީ" އެވެ.

ރޯހަން ވަނީ މީގެ ކުރިން ވެސް ވީޑިއޯ ލަވައަކުން ފެނިފައެވެ. އެލަވައަށް ބޮޑު ކާމިޔާބެއް ލިބުނުއިރު މިއީ މަހިމާ ލަވައަކުން ފެނުނު ފުރަތަމަ ފަހަރެވެ. އުމުރުން 19 އަހަރުގެ މަހިމާ ވަނީ މީގެ ކުރިން ބާހިކާ ވަދޫ، ރިޝްތޯ ކާ ޗަކްރަވިއު ފަދަ ޝޯތަކުން ފެނިފައެވެ.

އުމުރުން 29 އަހަރުގެ ރޯހާން ވަނީ "ސަސުރާލް ސިމަރް ކާ" ގައި ވެސް މަސައްކަތް ކޮށްފައެވެ. އެސީރީޒުގައި އޭނާ ފެނިގެންދަނީ ސަމީރު ކަޕޫރުގެ ރޯލުންނެވެ. ރޯހަން ވަނީ ބިގް ބޮސް 11 ގައި ވެސް ބައިވެރިވެފައެވެ.
ހިޔާލު