Hurihaa Dhivehinge Zaathee Mauloomaath Vihakany Enmme 25,000 RF ah
image
ފޮޓޯ: ލައިވް މިންޓް
3 ކޮމެންޓް
 

ހުރިހާ ދިވެހިންގެ ޒާތީ މައުލޫމާތު ވިއްކަނީ އެންމެ ފަންސަވީސް ހާސް ރުފިޔާއަށް

ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު އެކުލެވޭ ޑޭޓާ ބޭސް އެއް ވިއްކާފައިވާކަމަށް ދިވެހި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މިގޮތުން ދެ މީޑިއާއެއްގައި ރިޕޯތުކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދިވެހިރައްޔިތުންގެ ފޮޓޯޖެހި މައުލޫމާތު ހުރި ޑޭޓާ ބޭސް އެއް ވަނީ ވިއްކާފައިވާފައެވެ. މިފަދަ ވާހަކަތަކެއް ސޯޝަލް މީޑިއަގައިވެސް ވަނީ ފެތުރިފައެވެ. ސޯޝަލް މީޑިއާގައިވާ ފޮޓޯތަކުން ޑޭޓާ ބޭސް ގައި އެމީހާގެ ނަމާއި، އުމުރާ އެޑުރެހާ ފޯނު ނަންބަރުގެ އިތުރުން އެ ފޯނު ނަންބަރުން އެއްވެސް މީހަކު ބްލޮކް ކޮށްފައިވޭތޯވެސް ބެލެއެވެ.


އެޕްލިކޭޝަންގެ ސްކްރީން ޝޮޓެއް: ޒާތީ މައުލޫމާތު ސެންސަރު ކޮށްފައި/ ފޮޓޯ ޓުވިޓަރު

މި މައްސަލާގައި ބައެއް މީޑިއާތަކުން ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ ޑޭޓާ ބޭސް އާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަކަމަށެވެ. ނަމަވެސް ސީއެންއެމްއިން ގުޅުމުން ފޯނު ނުނަގާތީ ބައެއް ކަންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ބައެއް ނޫސްތަކުގައި ބުނާގޮތުން، މި ޑޭޓާ ބޭސް ވިއްކަނީ 25،000 ރުފިޔާއަށެވެ. އަދި އެ ވިއްކުމުގައި އުޅެނީ އައިޖީއެމްއެޗްގެ ކޮންސަލްޓަންޓެއްގެ ވަޒީފާ ކުރިން އަދާކުރި ޢަބްދުﷲ ޝުހޫދު ކިޔާމީހެއްކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
ހިޔާލު

ކޮލެޖު ބޯއީ

ދިވެހިންގެ ޒާތީ މައުލޫމާތެއް ނުހުރޭ. ޕްރައިވަސީ އެއް ނުއޮވޭ. ބޭނުން ވީމަ ބޭނުން މުއައްސަސާއަކުން ތިޔަ މައުލޫމާތުތަކުގެ ތެރެއިން އެމީހުން ބޭނުންވާ ބަޔެއް ހާމަކުރޭ. ދިވެހިން ދަންނަނީ ޒާތީވާން.

ގާނޫނު އަސާސީން ވަނީ މީހުންގެ ޕްރައިވަސީ ހިމާޔަތްކޮށްފައި. އެކަމަކު އެކަމާއި ބެހޭ ގާނޫނުނު ކޮބާ؟ ޕްރައިވަސީ އަކީ ކޮބާ؟ ރާއްޖޭގައި އެ މާނަކުރެވިފައި އެބައޮތްތަ؟

އައްލާބެއްޔާ

ވަރަށް ބޮޑަށް ލަފާކުރެވޭ މީނާ މިޑޭޓާބޭސް ހެދީ! އާސަންދަ ޑޭޓާބޭހައް ލޮގިންވެ ގެންކަން! ލޮގިން ޕާސްވޯޑް ލިބޭނެ އާސަންދަ ޕޯޓަލް ލޮގިން ލިބޭ ފާމަސީއެއަކުން! އޭރުން އެވަދެވެނީ ޑީއެންއާރ ގެ ޑޭޓާބޭހަށް!

އައިޖީއެމްއެޗް

ތި ޝުހޫދު ތީ ފިލްމުކުޅޭ ރިޝްފާ ކުރިން އިނދެގެން އުޅުނު މީހާ