'PM Narendra Modi' nerey dhuvas iulaan koffi
image
"ޕީއެމް ނަރެންދުރަ މޯދީ"ގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ޕީއެމް ނަރެންދުރަ މޯދީ" ނެރޭ ދުވަސް އިއުލާނުކޮށްފި

ޑައިރެކްޓަރު އޮމަންގު ކުމާރު ގެ ކުރިއަށް އޮތް ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ނެރޭ ދުވަސް އިއުލާނުކޮށްފިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗައް ހަދާ އެފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ ވިވޭކް އޮބްރޯއީއެވެ. އެފިލްމު ނެރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 12 ވަނަ ދުވަހުއެވެ.

ވިވޭކް ފިލްމުގައި ފެނިގެންދާނެ ގޮތް މިހާރު ދައްކާލާފައިވާއިރު އެ ޕޯސްޓަރުން ވިވޭކް މޯދީ އާ ވަރަށް ވައްތަރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ގިނަ ބަޔަކަށް އެފޮޓޯ ފެނިފައި އޮޅުން އަރާފައިވާއިރު ވިވޭކް އަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން އަދި ހާމަކޮށްފައިނުވާއިރު އެފިލްމަކީ ވަރަށް ތަފާތު ރީތި ފިލްމަކަށް ވާނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ.

އުމުރުން 42 އަހަރުގެ ވިވޭކް އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިގެން ދިޔައީ "ބޭންކް ޗޯރް" އިންނެވެ. އެފިލްމުގައި އޭނާ ފެނިގެންދިޔައީ ސީބީއައި އޮފިސަރެއްގެ ގޮތުގައެވެ. އެފިލްމުގެ އިތުރުން އޭނާ ވަނީ ޕްރިންސް، ސާތިޔާ، މަސްތީ، ދަމް، ކްރިޝް 3، ކާލް، ރާއި، އަދި ޖަޔަންތާ ބާއީ ކި ލަވް ސްޓޯރީ އިން ވެސް ފެނިފައެވެ.
ހިޔާލު