Boman Irani ge kaafa dharifulhuge photo eh dhahkalaifi
image
ބޮމަން އިރާނީ އޭނާގެ ކާފަދަރިފުޅާއެކު---
0 ކޮމެންޓް
 

ބޮމަން އިރާނީގެ ކާފަ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފި

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ކާފަ ދަރިފުޅުގެ ފޮޓޯއެއް ދައްކާލައިފިއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ބޮމަން އޭނާގެ ކާފަ ދަރިފުޅުގެ ފޮޓޯ ދައްކާލާފައިވާއިރު އެކުއްޖާއަށް ކިޔާ ނަން ވެސް ބޮމަން ވަނީ ބުނެފައެވެ. އެގޮތުން އެކުއްޖާއަށް ކިޔަނީ ސީޝާ އެވެ. މިއީ ބޮމަންގެ ދެވަނަ ކާފަ ދަރިފުޅެވެ.
ބޮމަންގެ ފިރިހެން ދަރިފުޅު ދަނޭޝް އިރާނީ އަދި ޅީ ދަރިފުޅު ރިއާ ކައިވެނިކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އެދެމީހުންނަށް ވަނީ 2016 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބިފައެވެ. މިފަހަރު އެދެމީހުނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

ބޮމަން އެންމެ އަވަހަށް ފެނިގެންދާނީ "ހައުސްފުލް 4" އިންނެވެ. އޭގެ އިތުރުން ބޮމަން ވަނީ ދާދި ފަހުން ފިލްމު "ޕީއެމް ނަރެންދަރު މޯދީ" ގެ ޓީމާ ވެސް ގުޅިފެއެވެ. ބޮމަން ވަނީ މިދިޔަ މަހު "އިރާނީ މޫވީޓޯން" ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުޝް އެއްވެސް ލޯންޗުކޮށްފައެވެ.

ބޮމަން ކުޅެފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި "3 އީޑިއަޓްސް"، "ސަންޖޫ"، "ޑޯން 2"، "ޑޯން"، "ޕީކޭ" އަދި "މެއި ހޫން ނާ" ހިމެނެއެވެ.
ހިޔާލު