Majileehah Hovanjeheynee Raees Salih Ah Thaaeedh Kurabayaku: Naibu Raeees
image
ގަމު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު ވިސާމްގެ ސައިކަލު ބުރުގައި ނައިބުރައީސް ފައިސަލް ބައިވެރިވެ ވަޑައިގަންނަވަނީ: ފޮޓޯ ޓުވިޓަރު
1 ކޮމެންޓް
 

ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ: ނައުބު ރައީސް

ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ގަމު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ވިސާމް (ސަމްޕަތު) ގެ ކެމްޕޭނު ޖަލްސާއެއްގައި ރޭ ލ. ގަމުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ނައިބުރައީސް ވިދާޅުވެފައިވަނީ އިސްލާހަށް މަސައްކަތް ކުރުމަކީ ވަކި ޕާޓީއެއްގައި ހުރެގެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހެޔޮކަންކަން ކުރުމުގައި އެކަކު އަނެކަަކަށް ވާގިވެރިވާން ޖެހޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނައުބުރައީސް އިއްޔެވަނީ އެމްޑީޕީގެ ފަރާތުން ވިސާމަށް ތާއީދުކުރުމަށް ބާއްވާފައިވާ ސައިކަލު ބުރެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ނައިބުރައީސް މިހެން ވިދާޅުވި ދަނޑިވަޅަކީ ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ ޕާޓީންގެ މަޖިލިސް ކެނޑިޑޭޓުންނަށް ތާއީދު ކުރެއްވުމަށް އެ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އެދިލައްވާފައިވާ ދަނޑިވަޅެކެވެ. އަދި ގާސިމް އެދިލައްވާފައިވަނީ ސަރުކާރު ވަޒީފާގެ ބޭނުމުގައި އެއްވެސް ބޭފުޅަކު ޖުމްހޫރީ ޕާޓީން ކެނޑޭނަމަ އޭގެ ކުރިން ސަރުކާރުގެ މަގާމުން އިސްތިއުފާ ދިނުމަށެވެ.
ހިޔާލު

ސސ

ގާސިމަކާސް ނޭގޭމެ އެނޫން ގޮތަކަށް ވާހަކަދައްކާކަށް؛ ތި ޕާޓީގަ ވަަރަށް ގިނަ ފޯރމް ދީފަ ގާސިމްގެ ވަޒީފާގަ ހުންނަން ބޭނުމިއްޔާ ޖޭ.ޕީ އަށް ސޮއިކުރަން ބުނެގެން ސޮއިކޮށްފަ ތިބި މެންބަރުން.. އެހެންވީމަ އެކަހަަލަ މެންބަރުން ތިޕާޓީގެ ކެންޑިޑޭޓަށް ވޯޓްވެސް ނުދޭނެކަން އެނގޭތީ ތިއުޅެނީ.. އެމް ޑީ ޕީ ގަ ތިބޭނީ އަސްލު މެންބަރުން..