Mariyabu Gehli, Kathivalhi Gehli, Koshi Dhanduves Gehleney!!
image
14 ކޮމެންޓް
 

މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލެނީ!!

މަރިޔަބު ގެއްލި، ކަތިވަޅި ގެއްލި ކޮށި ދަނޑުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ގެއްލެނީއޭ ބުނާ ދަރަޖައަށް ކަންކަން މިވަނީ ބަދަލުވެފައެވެ.
އެންމެ ފުރަތަމަ ކަމަކަމަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވަން ގާސިމް އިބްރާހިމް ނިންމެވި ނިންމެވުމަކީ އެމަނިކުފާނަށް ހެދުނު ޅަ އެއްޗެއްކަަމަށް ފާއިތުވީ ފަސްއަހަރުން ތިން އަހަރު ދުވަހު ދިޔައީ ވިދާޅުވަމުންނެވެ. ރައީސް ޔާމީނާއި ގާސިމް "ކުނި ޖެހުނު" ހިސާބުން އިދިކޮޅާއި މަޑުމަޑުން ގުޅެމުން ގުޅެމުން ގޮސް ސޮއިކޮށް އެއްބަސް ވުމެއްގައި ސޮއިވެސް ކުރީއެވެ. އަދިއަދާ ހަމައަށްވެސް އެ އެއް ބަސްވުން އާންމުކޮށްފައި ނުވާއިރު ގާސިމް ވިދާޅުވަނީ އެމްޑީޕީން "ހިޔާނާތްތެރިވެފައި" ވާކަމަށެވެ.

މަރިޔަނބު ގެއްލުން:

ގާސިމް އިބްރާހިމްގެ އަނބިކަބަލުން ފާތިމަތު ނަހުލާ ޓްރާންސްޕޯޓު މިިނިސްޓަރުކަމަށް އައްޔަނުކުރައްވާނީ ހަމަ ޔަގީނުންވެސް ނުހަނު އުންމީދާއެކުއެވެ. ނަމަވެސް މިއަދު މި ފެންނަ މަންޒަރަކީ ގާސިމް އިބްރާހިމްގެ ނިންމެވުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް ކެނޑިޑޭޓުންނަށް ތާއީދު ނުކުރާނެކަމަށް ނަހުލާ ވިދާޅުވާ މަންޒަރެވެ. އަދި ގާސިމް "ނާށިގަނޑު" ހިއްޕަވައިގެން ސަލާންޖަހަން ނުކުތުމުން އެހީތެރިވިި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ދުވަހަކުވެސް މާފު ނުކުރާނެކަމަށް އައިޝާ ވިދާޅުވާ މަންޒަރެވެ. މަރިޔަނބު ގެއްލުނީ ނޫންތޯއެވެ؟

ކަތިވަޅި ގެއްލުން:

ޖުމްހޫރީ ޕާޓީގެ ކައުންސިގެ "ކޮންޓްރޯލް" ގާސިމް އިބްރާހިމަށް ގެއްލުނު ހިސާބުން ކަތިވަޅި ގެއްލުނީއެވެ. އެ ޕާޓީގެ ކައުންސިލްގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަން ހާމަވަނީ ލީކުވަމުން އަންނަ ޗެޓު ލޮގުތަކުންނާއި އެ ކައުންސިލްގެ ބައެއް މެމްބަރުން ރޯމާ ދުވާލާއި ރޭގަނޑު އެމްޑީޕީގެ ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިންނެވެ.

ކަތިވަޅި އެކަންޏެއް ނޫނެވެ. ކަތިވަޅީގެ މުއްގަނޑުވެސް ވަނީ މީގެ ކުރިން ގެއްލިފައެވެ. އެއީ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް އެމަނިކުފާނުގެ އެސެޓުތައް ނުވަތަ އެސެޓުތަކުގެ ބޮޑުބައެއް ބަދަލު ކުރި ހިސާނުންނެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނެފައިވަނީ "ކުރިން ގާސިމް ފައިސާ ހޭދަ ކުރެއްވި ގޮތަށް މިހާރު ސިޔާސީ ކަންކަމަށް ފައިސަ ހަރަދު ކުރަން ވަރަށް ދަތިވާނެ. ވިޔަފާރި ކޮންޓްރޯލް ކުރައްވަނީ ސިޔާދު. ސިޔާދު ބޭނުމެއްނުވޭ އެގޮތަށް ހަރަދު ކުރާކަަށް،" ކަމަށެވެ.

ކޮށި ދަނޑު ގެއްލުން:

"ރައީސް ޔާމިންގެ" އަނިޔާވެރިކަމުން ސަލާމަތްވުމަށް ގާސިމް އިބްރާހިމާއިއެކު ތިން ޕާޓީގެ ލީޑަރުން އެއްބަވުމަކަށް އައެވެ. މި އެއްބަސްވުމުގެދަށުން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމީ ފައިސަލް ނަސީމް އައްޔަނު ކުރުމަށެވެ. އެހެންނަމަ ވެސް އިއްޔެ އަކީ ގާސިމަށް ހިތްދަތި ދުވަހެކެވެ. އެމަނިކުފާނު ކޮށްޓެވި ދަނޑު ވެސް ގެއްލޭ ހިސާބަށް ކަންތައްތައް ދިޔައީއެވެ. ނައިބުރައީސް ވަނީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނެއްގައި ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ ބޭފުޅުން މަޖިލީހަށް ހޮވަންޖެހޭކަމަށް ވިދާޅުވެފައެވެ.

މިވަރުން ފުދުނީއަކީ ނޫނެވެ. ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި ގާސިމް އިބްރާހިމް ވެސް ހުންނެވީ ވަރި ފަށުގައެވެ. އަލީވަހީދަށް ބޭލުއްވި ވަރުގަދަ "ރޯޅި" އަމާޒު ކުރެއްވީ މުޅި ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ނިސްބަތްވާގޮތަށެވެ. ގާސިމް ވިދާޅުވަނީ "އަންހެންކަމެއް ނުވަތަ ފިރިހެންކަމެއް" ހުރި ނަމަ ޖުމްހޫރީ ޕާޓީން ވަކިވުމުގެ ކުރިން ޖުމްހޫރީ ޕާޓީގެ ސުލޮޓުގައި ސަރުކާރު މަގާމުތަކަށް އައްޔަނުވެފައިވާ ބޭފުޅުން އިސްތިއުފާ ދެއްވަންޖެހޭނެކަމަށެވެ.

ގާސިމަށް މިހާލު ޖެހިވަޑައިގަތީ ކީއްވެ؟

ސިޔާސީ ދާއިރާގައި "އަވާކެނޑިފައިވާ" މަދު ބޭފުޅުންކޮޅަކާއެކު ގާސިމް އިބްރާހިމް މިއަދު އެކަނިވެއްޖެއެވެ. މި ހުރިހާ ދެރައެއް މިއަދު ގާސިމް އިބްރާހިމަށް ލިބި ވަޑައިގަތީ ބަޔަކު ޖަހާހާ ބެރަކަށް ނައްޓަވަން ހައްދަވައިގެނެވެ. ހަރުދަނާ ސިޔާސީ ބޭފުޅުންގެ ތެރެގައި ދެ ވައްތަރެއްގެ ބޭފުޅުން އުޅުއްވައެވެ. އެއީ ޖެހޭހާ ވަޔަކަށް އެނބުރޭ ޒާތުގެ ބޭފުޅުންނާ އެއް ފިކުރެއްގެ މަތީގައި ހަރުލާ ތިއްބަވާ ބޭފުޅުންނެވެ.
ހިޔާލު

ރައްޔިތުން

ތިގޮތަށް ރިޕޯރޓް ޖަހާނެ ކަމެއް ނެތް މިގައުމުގެ ލާމަސީލު މޭސްތިރިއަކީ ގާސިމް އިބްރާހީމް. މިހާރު ގާސީމު ނަގާފައި ހުރި ވިސްނުމާ އެއްގޮތަށް މިގައުމު ނުގޮސްފި ނަމަ މި ގައުމުގައި ތިބޭނީ ބޭރުގެ އެކިގައުމުތަކުގެ އެކިދީން ތަކަށް ނިސްބަތްވާ ރައްޔިތުންގެ މައްޗަށް އޮންނަ ރައްޔިތެއް. ދުވަސްކޮޅަކުން ދިވެހިން ކަތިލެވޭނެ ނޫނީ ވެރިކަން އެވެރިން ފޭރި ގަންނާނެ.

ހަމަތެދެއް

ސިޔާސީ މައިދާނުގަ ގާސިމްގެ ވިސްނުން ހަމަ ކޮށީއެވެ. ޕޕމ މަކަރުން ޖޕ އަށް ދޫކުރި ކަމަށްބުނާ ހުރިހާދާއިރާއަކަށް މަޖިލީހަށް ވާދަކުރުމަށް އަމިއްލަ ކެންޑިޑޭޓުން ނަމުގަ ކެންޑިޑޭޓުން ނެރުނު ރަނގަޅަށް ގާސިމްވެސް ވިސްނާވަޑައިގެން ބައްލަވާ މިހިރީ ޔާމީނުގެ ހިޔަޅުކަން

ޑިމޮކްރަސީ

މަގުމަތީގަ ދީވަލްޕާހެދިގެން އުޅުމަށްވުރެ މީނަ ދެން ރަގަޅުވާނީ ދަރިންދިނީމަ ކަލައިގެން ގޭގަ އޮތިއްޔާ

ޟަމީރުބެ

ރައީސް މައުމޫބަށް ވެސް އެވަނީ ތިޔަ މިންގަނޑުން ވިއްޔަ ހުރިހާ އެއްޗެއް ގެއްލިފައި. އެވަރުން ތިމާގދ އަޚާޔަށް ހޯދާދިން ވެރިކަމާ ދެކޮޅުވެގެން. އެކަމަކު އެއަށްވުރެ އަގުހުރި އެއްޗެއް ގައުމަށް ސަލާމަތް ކޮށްދެއްވަން. އެހެންވީއިރު ދޭއްޗެއް ކާމިޔާބު ކުރައްވާފި. ތިމާ ގަބޫލުކުރި އުސޫލު ދެމެހެއްޓާފި ވިންވެސް ވެއްޖެ. ގާސިމުވެސް ގައުމު އަނދަވަޅަކުން ސަލާމަތްކުރަން ޖާނާމާކުން ހޭދަޖުރީ. އަނެއްކާވެސް އެހެން ޕާޓީއަކަށް ގައުމުގެ ބާރުތަށް ހިބަކޮށްދޭކަށެއް ނޫން. އެގޮތަށް ވިޔަނުދޭން ކުރާމަސައްކަތް މަސައްކަތުގައި ތިބުނާ ޒާތުގެ ހުރިހާ އެއްޗެއް ގެއްލިވެސްދާނެ. ނޫނީ ގައުމުގައި ދެންތިބި މުއްސަނދިން ހެން ދަނޑުފަގު އެއްކޮށްގެން ހުންނަންވީ!

ކަބަޑޭ

ހުރިހާ އެއްޗެއް ގެއްލުނަސް ޔާމީނާ އަދުރޭ އާ ނިހާނާ ފާތުމައެއް ނުގެއްލޭނެޔޯ ސޭޓު ބުނީ.

ކަންއޮތްގޮތް

މިފަދަމީހުނަށް މިފަދަގޮތް މެދުވެރިވާން ސަބަބުތަކެއް އެކުލެވެއެވެ. އެމީހާއަށް އެއެއީ ކާކުކަން އޮޅޭވަރަށް ތަނަވަސްކަން ލިބުން. އެތަނަވަސްކަން މެނޭޖުކުރާވަރުގެ ތަޢުލީމާއި ހުނަރުނެތުން. ޖަހާލާބެރަކަށް ނެށުން. މަނޫންވަރެއް ނެތްކަން ބޮލަށްވަނުން. ސީޔާސަތަކީ ކޯޗެއްކަންނޭނގި، ސިޔާސީމައިދާނަށް ނުކުތުން. މިހިރީ މެދުވެރިވެފައިހުރި ކަންތަކެވެ. ޖުމްލަކޮށް ކުރުކޮށްބުނާނަމަ، ބުންނަޖެހޭނީ، ޤަމާރުކަމުންނޭއެވެ!

ޙުސޭނު

އެއްޗެއް ނުގެއްލޭ ވަރުތަ ކައްޗާދުވާ މަޑިއަކަށް ވުރެ ހާލު ބޮޑުވީމަ؟

Ali Waheedh

ތިވާހަކަތައް މުޅިންރަނގަޅެއްވެސްނޫން މުޅިންރަނގަޅެއްވެސްނޫން ސިޔާސީ މީހުންގެ ތެރޭގައި ދެތިންވައްތަރެއްއުޅޭ

އަޒީމް

ގާސިމް އިބްރާހިމް އެއީ މަވެސް ލޮލާބޮލުން ތާއީދުކުރި މީހެއް، އެކުމް އެއުޅުއްވާ ގޮތަކުން ލަދުން ދެފައި ކައިރިކޮއްލަން ވެސްނުކެރޭނެ. މުއްސަނދިކަމެއް މެ ލިބިފާއޮތަސް ބޮލުގަ ހަމަ ކިރިޔާވެސް ތެއްކަމެއް ހުރިނަމަ ހިޔެއްނުވޭ ޔާމީން އާ ބައިއަތު ހިފާނެހެނެއް.
އަހަރެނެވެސް ސަރުކާރަށް ތާއީދު ކުރާމީހުންނަށް ވޯޓުލާން ނިންމައިފިން.
ވަރަށް ސަލާމް ގާސިމްބެއަށް.

ahmed

ގާސިމަށް ފަހުން ކާމިޔާބުވާނެ. ގާސިމު އެހެން ހަދަން މަޖުބޫރުވީ ނަސީދު ހުރިހާ ގޮނޑިއާ ހިފާގަތީމައެވެ.މިވާހަކަ ނުދައްކަނީ ކީއްވެތަ

ސސ

ހަމަ ރަނގަޅު ތެދެއް ތިއޮތީ ހާމަކޮށްފައި.. މިނަށް ވުރެ މޮޔަވީމަވާ ގޮތް.. ބަލާލަ މައުމޫން.. އެބޭފުޅާވެސް އެހުންނަނީ މާ އުފަލަކުން ނޫނޭ..

ކޮލެޖު ބޯއީ

ގާސިމު ބައްޔެއް ނުވާނެ. އަދި ތިޔަ އެންމެން އުނބަށް ޖަހާނެ.

ޙުސޭނު

އަދުރޭމެންގެ ފޮނިވާހަކަތަކަށް އީމާންވެގެން ތެޅިފޮޅި ގަންނަ މަރުމޯލަކަށް ނުގެއްލޭނީ ކޯންޗެއް؟ އަދުރޭމުންގެ އަވައިގާ ތަންކޮޅެއް ކުރިން ގަޓު ރައީސް ވަނީ އަވަދިވެފައި.

ހުން

ރީދޫ ކުލައަށް ސަޕޯޓްކުރާ މީހުންނަށް ވާނުވާ ނޭގެނީ. އެއީ ފިތުނަވެރިން