200 Meter Dhuvegen Raajjeah Rihi Medal eh
image
2 ކޮމެންޓް
 

ސްޕެޝަލް އޮލިމްޕިކުން ރާއްޖެއަށް ރިހިމެޑައްޔެއް

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބައިވެރިވެ، ރާއްޖެއަށް ނިސްބަތްވާ ވަސްމީ ވަހީދު، 200 މީޓަރަށް ދުވެގެން ރިހި މެޑަލެއް ހޯދައިފިއެވެ.
ފިރިހެނުންގެ ދުވުމުގެ ފައިނަލްގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށް، ވަސްމީ ރިހިމެޑަލް ހޯދާފައިވަނީ 200 މީޓަރު ދުވުން 27.25 ސިކުންތުން ނިންމައިގެންނެވެ. ރޭސް 26.31 ސިކުންތުން ފުރިހަމަކޮށް ރަން މެޑަލް ހޯދާފައި ވަނީ ކޭޕް ވޭޑޭގެ އެންޓިއޯ މޮރޭރާ ޑޮސް ސަންޓޯސްއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަބޫ ދާބީގައި އޮތް އެ މުބާރާތުގައި ބައިވެރިވެ ރާއްޖެއަށް ރިހި މެޑަލްއެއް ހޯދައިދީފައިވާ ވަސްމީއަށް މަރުހަބާ ކިޔާފައެވެ. އަދި އެމުބާރާތުގައި ބައިވެރިވެ ފަސް ވަނަ ހޯދި އަމީނަށް ވެސް މަރުހަބާ ކިޔާފައެވެ.

އެއީ ރާއްޖެ ފަހުރުވެރިވާނެ ވަގުތުކޮޅެއްކަން ފާހަގަކޮށް މަހްލޫފް ވަނީ ސްޕެޝަލް އޮލިމްޕިކް ކޮމެޓީއެއް އުފެއްދުމަށް ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ލިބުނ އެެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.


މިއީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމު ވާދަކުރާ މި ގޭމްސްގައި މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 7500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވެއެވެ.

އެ ގޭމްސްގައި ރާއްޖެއިން ވާދަކުރީ އެތްލެޓިކްސްގެ އިތުރުން ލޯންގް ޖަމްޕް ގައެވެ. އެތްލެޓިކްސްގައި ރާއްޖެއިން ވާދަކުރީ 50 މީޓަރާއި 100 މީޓަރުގެ އިތުރުން 200 މީޓަރު ދުވުމުގައެވެ. އަދި ލޯންގް ޖަމްޕުގައި ރާއްޖެއިން ވާދަކުރީ ސްޓޭންޑިން ލޯންގް ޖަމްޕް ގައެވެ.
ހިޔާލު

ާއޭނާ

ކޮންތާކު ހުރި ވަސީމެއްތަ؟ ވަސްމީ ވަހީދު އެއީ... މި މީހުން ތިބޭނީ ވާނުވާގަ އަބަދު. ތަންކޮޅެއް ބަލާލައިގެން ލިޔަން އެންމެ ރަނގަޅުދޯ ! ނަން ވާނީ ވަގުތު ނޫސް. ވަކިވަރެއްގެ ވަކި ބަޔަކު ނޫޅޭ

ޢަބްދުﷲ

މަރުހަބާ ކާމިޔާބުހޯދި ކުދިންނަށް.
ލޯންގ ޖަމްޕްއަކީ އެތުލެޓިކްގެ އިވެންޓެއް. ރާއްޖެއިން ބައިވެރިވީ އެތުލެޓިކްސް ގައެވެ. އަދި ފައިނަލްގަ ހީޓެއް ނުދުވާނެއެވެ. ސްޕެސިއަލް އޮލިމް ޕިކްސް ގައި ފައިނަލްގައި އޮންނަނީ ދިވިސަން ތަކެވެ.
ފުރިހަމަ އަށް ދިރާސާކޮށް ފަހަ ޚަބަރު ލިޔާނެ ކަމަށް އުއްމީދު ކުރަން.