Vakivagutheh voluntteer eh gothugai masihkaihkoffi nama AC maldives ge menbership hiley
image
އޭސީ މޯލްޑިވްސްގެ ވޮލިންޓިއަރުންތަކެއް---ފޮޓޯ: އޭސީ މޯލްޑިވްސް
0 ކޮމެންޓް
 

އެެމެރިކަން ސެންޓަރުގެ މެމްބަރޝިޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ވަކި ވަގުތެއް ވޮލިންޓިއަރެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ އެމެރިކަން ސެންޓަރު މޯލްޑިވްސްގެ މެންބާޝިޕް ހިލޭ ލިބޭނެކަމަށް އެސެންޓަރުން ބުނެފިއެވެ.
ސީއެންއެމް އާ ވާހަކަ ދައްކަމުން އޭސީ ގައި ރާއްޖޭގެ އެންބަސީގެ ޕަބްލިކް އެފެއާޒްގެ ސްޕެޝަލިސްޓު އައިމިނަތު ޝިޒްލީން ވިދާޅުވީ ދަރުބާރުގޭގައި ކުރިއަށްގެންދާ "ހަވަލި2019" ފެއާ ގައި އޭސީ މޯލްޑިވްސްގެ ސްޓޯލުގައި ވޮލިންޓިއަރެއްގެ ގޮތުގައި ވަކި ވަގުތެއް ހަމަވުމުން އެ ސެންޓަރުގެ މެންބާޝިޕް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެމެންބަޝިޕު ލިބުމުން އެ ސެންޓަރުގެ އެންމެހާ ވަސީލަތްތައް ހިލޭ ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އެ ސެންޓަރަށް ދިއުމުން ހިލޭ އިންޓަނެޓު ފޯރުކޮށްދިނުމާ، ސެންޓަރުގެ ހޯލު ފަދަތަންތަން ގުރޫޕް ސްޓަޑީސް ހެދުން ފަދަކަންކަމަށް ބޭނުންކުރެވެނެކަމަށެވެ.

އޭގެ އިތުރުން އެސެންޓަރުގެ މެންބަސިޕް ލިބުމުން ޖޮބް ރެފަރެންސް ސިޓީއެއް ވޮލިންޓިއަރުންނަށް ލިބިގެންދާނެ ކަމަށް ޝިޒްލީން ވަނީ ވިދާޅުވެފައެވެ.

އާންމުގެ އިތުރުން މަދަނީ ޖަމިއްޔާތަކަށް ވެސް އެސެންޓަރުގެ މެންބަރު ކަމަށް ވެވިދާނެއެވެ. އެގޮތުން އެސެންޓަރުގެ މެންބަރަކަށް ވުމުން ޖަމިއްޔާތަކުގެ ބައްދަލުމުން އެސެންޓަރުގައި ހިލޭ ބޭއްވޭނެއެވެ.

މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ "ހަވަލި2019" ގައި ޖަމްއިއްޔާތަކުގެ މައުލޫމާތު އާއްމުންނާއި، ވިޔަފާރިތަކާއި، ދަރިވަރުންނަށް ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކޯނާ" އެއް ވެސް ފެއާގައި ހުންނާނެއެވެ. އެއީ ކުޑަކުދިން ގޮވައިގެން ފެއާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ފެއާގެ ސަބަބުން ޖަމްއިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ވިޔަފާރިތަކާއި، މަސްލަހަތުވެރިންނާއި ޖަމްއިއްޔާތަކާ ގުޅުވައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އާއްމުންނާއި ދަރިވަރުންނަށްވެސް ޖަމްއިއްޔާތަކުގައި ބައިވެރިވެ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހިޔާލު