"Idai" Thoofaanuga Mozambique ge City eh Fundufundu Kohlaafi
image
ބެއިރާ ސިޓީގައި ފެންބޮޑުވެފައިވަނީ ކޯރެއްގައި ހުރި ޑޭމެއް ފަޅައިގެން ގޮސްގެން : ފޮޓޯ އެފްރިކާ ނިއުސް
0 ކޮމެންޓް
 

އިޑާއީ ތޫފާނުގައި މޮޒަމްބީގްގެ ސިޓީއެއް ފުނޑު ފުނޑު ކޮށްލައިފި

"އިޑާއީ" ތޫފާނުގައި މޮޒަމްބީގްގެ ސިޓީއެއް ކަމަށްވާ ބެއިރާ ފުނޑު ފުނޑު ވެއްޖެއެވެ.
އެސިޓީގެ 90 ޕަސަންޓު ހަލާކުވެފައިވާ ކަމަށް މޮޒަމްބީގްގެ ސަރުކާރުން ހާމަކުރެއެވެ. މި ތޫފާނުގައި 83 މީހުން މަރުވެފައިވާ ކަން ކަށަވަރުވެފަވާއިރު މި އަދަދު އެތައް ގުނަ އަކުން މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.
"މި އަދަދު އެތައް ހާހަަކަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް. ހާލަތުބަލަން ވައިގެމަގުން މަސައްކަތް ކުރަމުން މިގެންދަނީ،" މޮޒަމްބީގްގެ ރައީސް ފިލިޕް ނުއިސް ވަނީ ވިދާޅުވެފަ އެވެ.

ބެއިރާ ސިޓީގައި ފެންބޮޑުވެފައިވަނީ ޑޭމްއެއް ފަޅައިގެންގޮސްގެނެވެ. ގަޑިއަކު 190 ކިލޯމީޓަރުގެ ބާރުމިނުގައި މި ތޫފާނުގައި ވައި ޖެހުނުއިރު މިހާރު ތޫފާނުގެ އަސަރު އަންނަނީ ކުޑަ ވަމުން ނެވެ. ނަމަވެސް އިތުރަށް ވާރޭ ވެހުަން އެކަށީގެންވެއެވެ.

މި ތޫފާނުގެ އަސަރު އެފްރިކާގެ ތިން ގައުމަކަށް ކޮށްފައި ވެއެވެ. އެއީ ޒިމްބާބްވޭ، މަލާވީ އަދި މޮޒަންބީގެވެ.

އަނެއް ދެ ގައުމުންވެސް ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފައެވެ.

އެފްރިކާ ތޫފާން
ހިޔާލު