Male' gai Alun avashu office thah gaaimu kuranee
image
ކުރީގެ އަވަށު އޮފީހެއް-- ފޮޓޯ: ސަން
0 ކޮމެންޓް
 

މާލޭގައި އަލުން އަވަށު އޮފީސްތައް ގާއިމްކުރަނީ

މާލޭ ސިޓީގައި އަލުން އަވަށު އޮފީސްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އެކަން ހާމަކުރައްވާ ވިދާޅުވީ، މާލޭގައި އަވަށު އޮފީސްތައް ގާއިމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަވަށު އޮފީސްތައް ގާއިމުކުރުމަށް އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ކުރިއަށް އޮތް ތަނުގައި އަވަށު އޮފީސްތައް އުފައްދާ އަވައްތައް ބެލެހެއްޓުމަށް ޓެކްނިކަލް މުވައްޒަފުން ހޯދާއި މާލޭ ބެލެހެއްޓުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

"އަވަށު އޮފީސްތައް އުފައްދާ މި އޮފީސްތަކުގެ ތެރެއިން އަވަށްތަކުގެ ކަންކަން ބަލަހައްޓަމުންގެންދާނެ. މިވަގުތު މުޅި ސިޓީކައުންސިލުން މާލެ ސިޓީ ބެލެހެއްޓުމަށް ގެންގުޅެނީ އަށް މީހުން. އައްމުންނަށް އުނދަގޫވާ އެކިކަންކަން ބެލުމަށްޓަކައި އަވަށު އޮފީސްތައް މެދުވެރިކޮށް ބެލޭނެގޮތް ހެދުމަށްޓަކައި ސްޕައިވައިޒަރުންވެސް ތައްޔާރުކުރެވޭނެ،" އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މާލޭގައ އަވަށު އޮފީސްތައް ހިންގާފައިވާއިރު އަވަށު އޮފީސްތަކުގެ ދަށުން އެ އަވަށެއްގައި ދިމާވާ މައްސަލަތައް ބަލާފައިވަނީ ވަކިވަކިންނެވެ. އަދި މާލޭގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމަށް އަވަށު އޮފީސްތަކުން މަސައްކަތް ކުރާނީ ސިޓީ ކައުންސިލާއި ވެސް ގުޅިގެންނެވެ.
ހިޔާލު