Dheeva dhariakah Aishwarya iny bandubodu!
image
އައިޝްވާރިޔާ އާއި އަބީޝޭކް---
0 ކޮމެންޓް
 

ދެވަނަ ދަރިއަކަށް އައިޝްވާރްޔާ އިނީ ބަލިވެ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމަށް އަޑުތައް އަރައިފިއެވެ.
އައިޝްވާރިޔާ ބަނޑުބޮޑުކަމަށް ވާހަކަތައް ފެތުރިފައިވަނީ ދާދި ފަހުން ދެމީހުން ޗުއްޓީ ހޭދަކޮށްލުމަށް ގޮއޯ އަށް ގޮސްއުޅެނިކޮށް ބަޔަކު ނަގާފައިވާ ފޮޓޯތަކެއްގެ ސަބަބުންނެވެ. އެފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ، އައިޝްވާރިޔާ ދެވަނަ ކުއްޖަކަށް ބަނޑުބޮޑު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.އެކަމާ ގުޅިގެން އައިޝްވާރްޔާ އާއި އަބީޝޭކް އެއްޗެއް ބުނެފައި ނުވާއިރު ބަައެއް މީހުން ގަބޫލުކުރާގޮތުގައި އެފޮޓޯއިން އައިޝްވާރިޔާ ބަނޑުބޮޑުކަމަށް މީހުނަށް ހީވަނީ ފޮޓޯ ނަގާފައި އިން އޭންގަލްގެ ސަބަބުންނެވެ.

އުމުރުން 45 އަހަރު އައިޝްވާރްޔާ އާއި އުމުރުން 43 އަހަރުގެ އަބީޝޭކު ކައިވެނި ކުރީ 2007 ވަނަ އަހަރުއެވެ. އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2011 ވަނަ އަހަރުއެވެ. އެމީހުންނަށް އެފަހަރު ލިބިފައިވަނީ އަންހެން ކުއްޖެކެވެ.
ހިޔާލު