Enmenge thereygai Loabivaa vaahaka bunumun Ranbir Ladhu ganehje
image
އާލިއާ އާއި ރަންބީރު--
0 ކޮމެންޓް
 

އެންމެންގެ ތެރޭގައި ލޯބިވާ ވާހަކަ ބުނުމުން ރަންބީރު ލަދުން ހަލާކުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 64 ވަނަ ފިލްމުފެއާ އެވޯޑު ހަފުލާގައި މެގްނާ ގުލްޒާރު ޑައިރެކްޓުކޮށް ނެރުނު "ރާޒީ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައި ވަނީ ޒުވާން ބަތަލާ އާލިއާ ބަޓަށެވެ.
އެވޯޑު ލިބުމާއެކު އާލިއާ ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން އެ ފިލްމު ލީޑު ރޯލުން ފެނިގެންދިޔަ ވިކީ ކައުޝަލްއަށް ވެސް ޝުކުރު އަދާކޮށްފައެވެ. އާލިއާގެ ބައްޕަ މަހޭޝް ބަޓްއާއި ކަރަން ޖޯހަރަށް ވެސް ޝުކުރު އަދާކުރުމަށް ފަހު އާލިއާ ވަނީ އެ އެވޯޑު ހަފުލާގައި ބައިވެރިވި "ހާއްސަ" މީހަކަށް ވެސް ޝުކުރު އަދާކޮށް ލޯބިވާ ކަމަށް ބުނެފައެވެ. އާލިއާ އެ އިޝާރާތް ކުރީ ބޮލީވުޑުގެ ތަރި ރަންބީރު ކަޕޫރަށެވެ.

ރަންބީރު ކަޕޫރާއެކު އާލިއާ، ހަފުލާގައި ބައިވެރިވިއިރު އެޝުކުރުގެ ލިސްޓުގައި ހާއްސަ މީހަކަށް ޝުކުރު އަދާކޮށް ލޯބިވާ ކަމަށް ބުނި ހިސާބުން ލަދުރަކި ގޮތަކަށް ހިނި އައިސްފައި އިނީ ރަންބީރެވެ. އަދި ރަންބީރު ލަދުން ގޮސް މޫނުގައި އަތް އަޅާ ވީޑިއޯއެއްވެސް އާންމުވެފައިވެއެވެ.

އޭގެ އިތުރުން ސަންޖޭ ދަތުގެ ހަޔާތަށް ނެރުނު ފިލްމު "ސަންޖޭ" ގައި މަސައްކަތްކޮށް ރަންބީރު ކަޕޫރަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައެވެ.

އާލިއާ އާއި ރަންބީރު ކަޕޫރުގެ ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމު "ބްރަހްމަސްތުރާ" މިއަހަރުގެ ޑިސެމްބަރު މަހުގައި ނެރޭނެއެވެ. އަޔާން މުކަރުޖީ ޑައިރެކްޓުކޮށް ނެރޭ އެފިލްމަކީ އެދެތަރިންނަށް ވެސް ހާއްސަ ފިލްމަކަށް ވެގެންދާނެކަން ޔަގީނެވެ. އެއީ އާލިއާ އާއި ރަންބީރުގެ ލޯބީގެ ގުޅުން ފެށިފައިވަނީ އެފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ކަމުންނެވެ.
ހިޔާލު