Pagalpanti nerey dhuvas avas koffi
image
އިލިއާނާ އާއި ޖޯން---
0 ކޮމެންޓް
 

"ޕާގަލްޕަންތީ" ނެރޭ ދުވަސް އަވަސް ކޮށްފި

މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ނެރޭ ދުވަސް އަވަސްކޮށްފިއެވެ.
މީގެ ކުރިން އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ވަނީ ފިލްމު ނެރޭ ދުވަސް އަވަސްކޮށްލާފައެވެ. މިހާރު އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ފިލްމު ނެރޭ ދުވަސް އަވަސްކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފިލްމުގެ އުފެއްދުންތެރިން ހާމަކޮށްފައެއް ނުވެއެވެ. އެ ފިލްމުގެ ޝޫޓިން ލަންޑަނުގައި ކުރިއަށް ގެންދާއިރު އެފިލްމުގައި ޖޯން އަބްރަހަމް، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، ޕުލްކިތު ސަމްރާޓް، އިލިއާނާ ޑިކުރޫޒާއި ކްރިތީ ކަރްބަންދާ ފަދަ ތަރިން ފެނިގެންދާނެއެވެ.

އޭގެ އިތުރުން ދާދި ފަހުން "ޕާގަލްޕަންތީ" އަށް ވަނީ ބޮލީވުޑްގައި ކާމިޔާބު ހޯދަމުން އަންނަ ބަތަލާ އުރްވަޝީ ރޮޓޭލާ ސޮއިކޮށްފައެވެ. އަނީސް އެންމެ ފަހުން ގެނެސްދީފައިވަނީ 2017 ވަނަ ނެރުނު ފިލްމު "މުބާރަކަން" އެވެ.
ހިޔާލު