Alhugandaai Aisha aai dhemedhu othee ilaahi gulhumeh: Qasim
image
ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޖޭޕީގެ ކައުންސިލް ބައްދަލު ވުމެއްގައި: ފައިލް ފޮޓޯ
8 ކޮމެންޓް
 

އަޅުގަނޑާއި އައިޝާއާއި ދޭތެރޭގައި އޮތީ އިލާހީ ގުޅުމެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި އަނބިކަނބަލުން އައިޝަތު ނަހުލާއާއި ދެމެދު އޮތީ "އިލާހީ ގުޅުމެއް" ކަމަށް ގާސިމް މިރޭ ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މާމިނގިލީ ދާއިރާގެ ގާސިމްގެ ކެމްޕެއިން ފެއްޓުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައިޝާވެސް ވާހަކަ ދެއްކެވި މި ޖަލްސާގައި ދެމަފިރިކަނބަލުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ.

އައިޝާއާއި ދުވަހަކުވެސް ވަކިނުވާނެކަމަށާއި އައިޝާއާއި ގާސިމާއި ދެމެދު އޮތީ "އިލާހީ ގުޅުމެއް" ކަމަށް ގާސިމް ވިދާޅުވީ މިޖަލްސާގައި ޤާސިމަށް ތަޢުރީފް ކުރައްވާ އައިޝާ ދެއްކެވި ވާހަކައަށް ޝުކުރު އަދާކުރައްވަމުންނެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަޤާމުގައިވެސް ހުންނެވި އައިޝާ މިރޭ ވިދާޅުވީ ގާސިމް ޤައުމައްޓަކައި މަސައްކަތް ކުރައްވަނީ އާއިލާއަށް ދެއްވަން ޖެހޭ ވަގުތުވެސް ނުދެއްވާ ކަމުގައެވެ. އަދި މާމިނގިލީ ގޮނޑިއަށް ގާސިމަށް ވުރެ މޮޅު އިތުރު ބޭފުޅެއް ނެތްކަމަށް އައިޝާ މިރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ގާސިމަށް ފަދަ ބޭފުޅަކު ދައްކަން ލާހިކު ނޫންކަމަށާއި އެހެން ކަމުން ގާސިމް ފަދަ ނިއުމަތަކުން މަހުރޫމް ނުވުމަށް މާމިނގިލީ ދާއިރާގެ ރައްޔިތުންގެ ކިބައިން އައިޝާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ގާސިމަށް ތަޢުރީފް ކުރައްވާ އައިޝާ ވިދާޅުވީ ގާސިމަކީ ޖަވާހިރެއް ކަމުގައެވެ. އަދި ދުވަހަކުވެސް ގާސިމާއި ވަކިވެވަޑައި ނުގަންނަވާނެކަމަށް އައިޝާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ގާސިމް ވަނީ ކެމްޕެއިން ސްލޯގަން އެއްގެ ގޮތުގައި "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރު ބޭނުން ކުރައްވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.

ހިޔާލު

އަޒީމް

ގާސިމް އިބްރާހިމްހައި އަވަހައް ހިޔާލު ބަދަލުވާ ސިޔާސީ ބޭފުޅަކު އުޅުއްވާހެން ހިޔެއް ނުވޭ. އައިސާ އަށް މިކަން މާރަގަޅައްވެސް އެގިލައްވާނެ. ޖަރުމަނުގަ އަރުވާލެވިގެން ހުރެ ރާއްޖެ ދުރުވެ ވިދާޅުވި "ކުދިކޮއް ކޮށާ ކާޅަށް ދިނަސް" ޔާމީންއާ ބައިއަތު ނުހިއްޕަވާނެކަމަށް. އަދިހަމަ އެހެންމެ ތަންކޮޅެއް ކުރިން ވިދާޅުވި "ފާހާނާ ސާފުކުރަން" ޔާމީން އަރިހުގަ ހުންނަން ޖެހުނަސް އެކަންވެސް ކުރައްވާނެކަމަށް.
އައިސާ ދެވަނަ އޮޕްސަނެއް ހޯދަވުން އަވަސްކުރައްވާ. މަވެސް މިހުރީ ހިތާ ރޫހުން ރުހި ގަބޫލުވެގެން. މިރޭން މިރެއަށް ވެސް ކައިވެނި ކޮއްލެވޭގޮތަށް.

ސާބަސް

ކީއްކުރާނީ ކިޔޭ ނުކިޔޭ ނޭނގޭ ހާލުގަ ތިބި މީހުން ނިއުޅެނީ ޤައުމުގެ އިސް މަޤާމުތަކާއި ވިޔަފާރި ބަނޑު އަޅައިގެން. އެވަރުން ނުފުދިގެން ޤައުމު އެއްކޮންވެސް މުށްދަށަށް ގެންނަން. ފުރަތަމަ ކިޔޭނުކިޔޭ އެނގޭވަރު ވާންވެއްޖެނުން. އިލާހީ ގުޅުމޯ! އެހެންވެ ދޯ 6 ދަރިން ލިބުނީ

އަލީރާޖާ

ނަޝީދު ވިދާޅުވިއެއްޗެއް ނަމަ މިހާރު ހީވާނީ ފަޔަށް ހިނިއަރައިގެން އުޅޭހެން. ލާދީނީ ގޮވުން ނޫން ކަމެއް ނޯންނާނެ. އިލާހީ ގުޅުމަކީ އިންސާނުންގެ ދެމެދުގައި އޮންނަ އެއްޗެއްތަ؟

އަހުމަދު

ބައެއްމީހުންނާއި ސެއިޚުންގެ ނަޒަރުގައި އިސްލާމްދީނާއި ފުށުއަރާވާހަކަދައްކާ ލާދީނީސިޔާސީވެރިއަކީ ހަމައެކަނި ރައީސްނަޝީދު އެހެންވެރިމިދައްކާ އެފަދަ ވާހަކަ ހަމަރަގަޅު .....
އަޅާލާނެ މީހަކުނުހުރޭ... ؟

އަލީ

މިވަރު މީހަކަށް ވެރިކަން ލިބިއްޖެނަމަ ފިރުޢައުނު ބުނިބަސް ވެސް މީނާ ބުނެ ފާނޭ.. ކޮބައިހޭ ޝޭކުން ތައް

އާދަމް

ރައީސްނަޝީދުބުނި އެއްޗެއްނަމަދުނިޔެޔގަވެސ ުލހެނދހަތހިވަަނެ

ކޭބީ

އައިޝާ މިރޭ ވިދާޅުވީ ގާސިމް ޤައުމައްޓަކައި މަސައްކަތް ކުރައްވަނީ އާއިލާއަށް ދެއްވަން ޖެހޭ ވަގުތުވެސް ނުދެއްވާ ކަމުގައެވެ..... މީކީ އަގަލެއް ވެސް ހުރިމީހަކަށް ނުވިތާ !!!!! އަވަހަށް ބޭރުކޮށް އެކަހެރި ކޮށްލާ

ރުގިއްޔާ ހުސައިން

ކަލޯ ތީ ރައީސް ނަޝީދުގެ ދުލުން ނިކުތް އެއްޗެއް ނަމަ މިހާރު ގޮވާނެ ކާފަރަށް ތި ޖޭޕީ މީހުންވެސް